ސަޢުދީގެ ސަރުކާރުގެ ފަރާތުން ރާއްޖެއަށް "އިފްޠާރު ޕެކޭޖް"ގެ 290 ޕެކޭޖް ހަދިޔާ ކުރައްވައިފިއެވެ. މި ޕެކޭޖުތައް މިއަދު ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ޙަވާލު ކުރައްވައިފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ނިކަމެތި ޢާއިލާތަކަށް ހަދިޔާކުރުމަށް ސަޢުދީ ސަރުކާރުން ހަވާލުކޮށްފައިވާ ޕެކޭޖުތަކެއް ކަމަށެވެ. "މި ޕެކޭޖުތައް އެފަރާތްތަކަށް ރައްދުކުރުމުގެ މަސައްކަތް މިހާރުގެންދަނީ ކުރަމުންނެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިނިސްޓްރީން ވިދާޅުވީ މި 290 ޕެކޭޖު ހަވާލު ކުރާނީ 290 ޢާއިލާއަށް ކަމަށެވެ.

މިއިން ޕެކޭޖެއްގައި ހިމެނެނީ، ކުކިން އޮއިލް، މަސް ދަޅު،ޓޮމާޓޯ،ޕާސްތާ،ޖޫސް، ހަނޑޫ، ހަކުރު،ފުށް ފަދަ ސާނު ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. މިއީ އެފަދަ ޢާއިލާތަކުން ރޯދަ ވީއްލުމަށް ސަޢުދީން ހަދިޔާ ކުރެއްވި ޕެކޭޖުތަކެެކެެވެ.