މަސްޖިދުލްޙަރާމްގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަންހެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ސައޫދީ އަރަބިއްޔާއިން ވަނީ އަންހެނުން ސިފައިންނާއި ފުލުހުންގެ ތެރޭގައި ހިމެނުމަށް ޚާއްސަ ތަމްރީންތައް ދީފައި އަންހެނުން އެކަމަށް ތައްޔާރުކޮށްފައެވެ.

މަސްޖިދުލްޙަރާމްގައި އުމުރާއާއި ޙައްޖުގެ އަޅުކަމަށް އަންނަ އަންހެނުންނަށް އެހީތެރިވުމަށް އަންހެން ސިފައިން މަސައްކަތް ކުރާނެއެވެ.