ގްރީންޕީސްއިން ދިން ވަރުގެ ބަރު ހަދިޔާއެއް އެއްވެސް ފަރާތަކުން ވަޒީރެއްގެ އޮފީހާ ހަމައަށް ގެނެސްދީފައެއް ނުވާނެ ކަން ކަށަވަރެވެ.

އުތުރު ކަނޑުން ގަވާއިދާ ޚިލާފަށް ކުރާ މައްސަލާގައި ތިމާވެށްޓަށް މަސައްކަތް ކުރާ ގްރީންޕީސް އިން އެވާހަކަ ދައްކައި ސަމާލުކަމަށް ގެނައުމަށް ލައްކަ މަސައްކަތް ކޮށްފިއެވެ.

ކަހާތަން ހިރުވާހެންވެސް ހީނުވާތީ އެންމެ ފަހުން، އިނގިރޭސިވިލާތުގެ ތިމާވެށްޓާ ބެހޭ އިދާރާގެ ދޮރު މައްޗަށް ގެނަސް ވައްޓާލީ މާ ސިންގާ ހިލައެކެވެ.

ދޮޅު ޓަނުގެ ހިލާގައި ލިޔެފައި ހުރީ ބޯދަ ދިލަމަހުގެ ގުއިންނެވެ.

މިހިލަގަނޑަކީވެސް އުތުރު ކަނޑުން ނަގާފައިވާ ހިލައެކެވެ. މިހިލަގަނޑު ކަނޑާފައިވަނީ އާޓިސްޓަކު ލައްވައެވެ.

މިތަނަށް ހިލަގަނޑު ގެންދިއުމުގެ ކުރިން އިއްލާން ކުރީ ފަންނީ މަސައްކަތެއް ތިމާވެށްޓާ ބެހޭ އިދާރާކައިރީ ބާއްވާލާނެ ކަމަށެވެ.

މި ހިލަގނޑު ދުރަށް ޖެއްސުނީކީ ފަސޭހަ ގޮތަކަށެއް ނޫނެވެ.