އައްސޭރި ޖަލާއި މާފުށީ ޖަލުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނިއްޖެއެވެ.

ކަރެކްޝަންސްއިން ރޭ ބުނީ، އައްސޭރި ޖަލާއި މާފުށީ ޖަލުން އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކޮވިޑާ19އާ ބެހޭ އުސޫލުގެ ދަށުން ކަނޑައެޅިފައިވާ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށް ބުނެފައިވެއެވެ.

އެ ދެ ޖަލުން ކޮވިޑްގެ ކޭސްތައް ފެނުނުއިރު، ދޫނިދޫ ޖަލުންވެސް މިއަދު ވަނީ 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މާފުށީ ޖަލުން އޮފިސަރަކު ޕޮޒިޓިވްވިއިރު، މާފުށިން ކޮވިޑްގެ ކޭސްތަކެއް ފެނި އެ ރަށަށް އަރާ ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. އެ ރަށުން މިހާތަނަށް 11 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.