ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫނެވެ. އެކަން އިންޑިއާއަށް ނިސްބަތްވާ މި ޓީޗަރު މިވަނީ ސާބިތުކޮށްދީފައެވެ. އިންޑިއާގެ ކެންޑްރިޔާ ވިދްޔާލާގެ އައިޓީ ބޮމްބޭގައި ކޮމްޕިއުޓާ ސައިންސް ކިޔަވައިދޭ ދިނޭޝް ޕަޓޭލް ނަމަކަށް ކިޔާ ޓީޗަރު މިވަނީ އިންސާނަކާ ވައްތަރު ރޮބޮޓެއް އުފައދާފައިއެވެ.
އޭނާ އެ ރޮބޮޓަށް ދީފައިވާ ނަމަކީ ޝާލުއެވެ. މިއީ އަންހެން ރޮބޮޓެކެވެ. ޝާލުއަށް އިންޑިއާގެ ނުވަ ބަހަކުން ވާހަކަ ދެއްކޭ އިރު ބޭރު ގައުމު ތަކުގެ 38 ބަހަކުން ވާހަކަ ދައްކައެވެ.
އިންޑީއާއަށް ނިސްބަތްވާ މި ޓީޗަރު ބުނެފައިވަނީ އެނާ މި ރޮބޮޓް އުފައްދަން އެންމެ ފުރަތަމަ ހިތްވަރު ލިބުނީ އައިޝްވާރިޔާ ރާއި ގެ ފިލްމް ރޮބޮޓް ބެލުމަށް ފަހު ކަމަށެވެ.
ދިނޭޝް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ޝާލު އުފައްދާފައިވަނީ ބޭނުކޮށްފައި އުކާލާ ތަކެތިން ކަމަށެވެ. މި ރޮބޮޓް އެއްކޮށް ނިންމަން 3 އަހަރު ހޭދަވި ކަމަށް އޭނާ ބުނެފައިވެއެވެ. ޚަރަދަރަށް ދިޔައީ 50,000 ރުޕީޒް ކަމަށް ވެސް ބުނެފައިވެއެވެ.
އެ ރޮބޮޓް ގެ ގާބިލީއްޔަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިނޭޝް ބުނެފައިވަނީ އެ ރޮބޮޓަށް މީހުން ފާހަގަ ކުރެވޭ ކަމަށާއި އާއްމު މައުލޫމާތާއި ބެހޭގޮތުން ސުވާލެއް ކޮށްފިނަމަ ޖާވާބު ދޭ ކަމަށާއި ހިސާބުގެ ސުވާލުތަކުގެ އިތުރުން، ތަކެތި ހިތުދަސްކުރެވޭ ކަމަށެވެ. މީގެ އިތުރުން ދިނޭޝް ބުނަނީ ޝާލޫއަށް ނިއުސް ޕޭޕަރު ކިޔައި ރެސިޕީތައް ކިޔަދިނުން ފަދަ ވަރަށްގިނަ ކަންކަން ކުރެވޭ ކަމަށެވެ. އަދި ޝާލު ސްކޫލްތަކުގައި ޓީޗަރެއް ގޮތުގައި އަދި އޮފީސް ތަކުގައި ރިސެޕްޝަނިސްޓެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ކޮންމެ ގޮތެއްވިޔަސް ދިނޭޝް އޭނާގެ ހުނަރުވެރިކަމާއި ގާބިލިއްޔަތުކަން ބޭނުންކޮށްގެން ކޮށްފައިމިވަނީ ވަރަށް ވެސް ރަނގަޅު މަސައްކަތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ދަނީ އޭނާގެ މަސައްކަތަށް ތައުރީފު ކުރަމުންނެވެ.
ކޮމްޕިއުޓާރ ސައިންސް އެންޑް އިންޖީނިއަރިންގެ ޕްރޮފެސްރަކުވެސް ވަނި ދިނޭޝްގެ މަސައްކަތަށް ތައުރީފުކޮށް ސިޓީއެއް ފޮނުވާފައިއެވެ. އޭގައި އޭނާ ބުނެފައިވަނި ޝާލޫއަކީ ވަރަށް ރަނގަޅު ބޭނުންތެރި ޑިވޮލޮޕްމެންޓެއް ކަމަށާއި ކިޔަވައިދިނުމުގެ ރޮނގުގައި ޝާލު ވެގެން ދާނީ ބޭނުންތެރިއެއްޗެއް ކަމަށެވެ. އަދި ކުރިއަށް އޮތް ޖީލުގެ ސައިންސްޓިސްޓުންނަށް ޝާލުވެގެން ދާނީ "އިންސްޕިރޭޝަން" އެއް ކަމަށް ވެސް އެ ސިޓީ ގައި އޭނާ ބުނެފައިވެއެވެ.