ޛިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތްކުރި ވަޤުތީ މިސްކިތް މިއަދު ހުޅުވައިފިއެވެ. މިއަދުގެ ހުކުރު ނަމާދަށް މި މިސްކިތް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.

އިސްލާމިކް އެފެއާޒު މިނިސްޓްރީން ވިދާޅުވީ އެ މިސްކިތުގައި އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެކަމަށެވެ. މިރެއިން ފެށިގެން އެ މިސްކިތުގައި ތަރާވީޙް ނަމާދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަންހެނުން ނަމާދު ކުރުމުގެ އިންތިޒާމް ވެސް އެ މިސްކިތުގައި ވަނީ ހަމަޖެހިފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.