އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އުރީދޫގެ ފަރާތުން ބިދޭސީންނަށް ރޯދަވީއްލުން ހަދިޔާ ކޮށްފިއެވެ.
އުރީދޫ އާއި މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް ގުޅިގެން އިއްޔެ ވަނީ މާލޭ މާރުކޭޓު ސަރަހައްދުގައި 100 އިފްތާ ޕެކް ބިދޭސީންނަށް ބަހާފައެވެ.
މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އަކީރާއްޖޭގައި އުޅޭ ބިދޭސީންގެ ހައްގުތައް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.
އަދި މިއަހަރުގެ ރޯދަމަސް ނިމެންދެން ކޮންމެ ހަފްތާއެއްގެވެސް ހުކުރު ދުވަހު ބިދޭސީންނަށް ރޯދަވީއްލުން ބެހުމަށް އުރީދޫން ވަނީ ނިންމާފައެވެ.
ކޮމިއުނިކޭޝަން ހިދުމަތުގެ އިތުރުން އުރީދޫއަކީ މުޖުތަމައަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.