ޒަމާނެއްގައި އިރާގަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމެއްވެ. އަދި އަރަބި ދުނިޔޭގައި ސައިންސްގެ ރޮނގުން އެންމެ ކުރިއަރާފައި އޮތް ގައުމެވެ. ވިއްސަކަށް އަހަރުގެ ހަނގުރާމައާއި، ގައުމުގެ އިންފްރާސްޓްރަކްޗަރ ފުނޑިގެން ދިއުމާއި، ހަސްފަތާލްތައް ވީރާނާ ވުމާއެކު ކޮވިޑް19 އިން ވަނީ އިރާގްގައި ދެން ހުރިނަމަ ހުރި އިންފްރާސްޓްރަކްޗައެއް ކަމީނާކޮށްލާފައެވެ. ސަރުކާރަކަށް ކާރިސާތަކާ ކުރިމަތިލުމަށް ހަކަތައެއް ނެތެވެ. ސިޔާސީ ކޯޅުންތަކާއި އަމާންކަން ނެތުމާއި ރައްޔިތުންގެ އިތުބާރު ސަރުކާރަށް ނެތުމުން ބަސްވިކޭ މުއައްސަސާއެއް ލީޑަރެއް ނެތެވެ.

ސިޔާސީ ނިޒާމު ބޮއްސުންލައިގެން ދިއުމުން ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. ކޮރަޕްޝަން ވަނީ ސަރުކާރު ހިންގުމަށް ވަސީލަތަކަށް ވެފައެވެ.

ހަސްފަތާލުތަކުގައި އޮކްސިޖަން ލިބޭކަށެއް ނުހުރެއެވެ. ޑޮކްޓަރުން ބޭނުންކުރާ ޕީޕީއީ ސޫޓުތަކަކީ އަމިއްލަ ތަކެއްޗެވެ.

ބާޒާރުގައި ތެލުގެ އަގު ވެއްޓިގެން ދިއުމުން ގައުމުގެ އިގްތިސާދު ހީނަރު ވެއްޖެއެވެ. ވިޔަފާރިތަކާއި މުނިފޫހިފިލުވާ ތަންތަން ބަންދު ކުރަން މަޖުބޫރު ވެއްޖެއެވެ. ވަޒީފާތައް ގެއްލި މީހުން ބިކަ ވެއްޖެއެވެ.

އިރާގަށް ބޭނުންވާ ކޮރޯނާ ވެކްސިންއެއް ނުލިބުނެވެ. ބައެއް ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ކޮރަޕްޝަންގެ އުސޫލުން ސަރުކާރުން މަސައްކަތް ކުރީ ވެކްސިން އުފައްދާ ފަރާތްތަކުން ގަތުމުގެ ބަދަލުގައި މެދުވެރިއެއްގެ އަތުން ވެކްސިން ގަންނާށެވެ. ސަރުކާރުން މި ވާހަކަ ކޮންމެވެސް ވަރަކަށް ދޮގު ކުރެއެވެ.

އިރާގަށް ވެކްސިން ލިބުނީ ޕާކިސްތާންގެ ވެކްސިން ގުދަނުންނެވެ. ޗައިނާއިން ވަނީ ޕާކިސްތާނަށް ވިޔަފާރިއާއި އަސްކަރީ ގުޅުމާއި މިލިޓަރީ އިންޓެލިޖެންސް ހިއްސާ ކުރުމުގެ މުގާބިލުގައި ސައިނޯފާމް ވެކްސިން ސަޕްލައި ކޮށްފައެވެ.

އިރާގްގެ ދިފާއީ ވަޒީރު ޖުމްޢާ ޢަނާދު ސަޢުދޫން ވަނީ މިދިޔަ މަހު އިސްލާމްއާބާދަށް ވަޑައިގެން އިމްރާން ޚާންއާއެކު މަޝްވަރާތައް ބާއްވަވާފައެވެ.

އިސްލާމްއާބާދުން ވަނީ އިރާގްގެ ސިފައިން ތަމްރީން ކޮށްދޭން އެއްބަސްވެފައެވެ.

ސައޫދީން ދޭ ތެލުގެ އެހީތައް ކަނޑާލުމާއެކު ހެޔޮ އަގުގައި ޔެތޮ ހޯދުމަށް އިސްލާމްއާބާދުން ބަލާފައިވަނީ އިރާގަށެވެ.

ދުނިޔޭގެ 195 ގައުމުގެ ގިންތީގައި ސިއްޙީ ދާއިރާގައި އިރާގް އުޅެނީ، 176 ވަނައިގައެވެ. ޖޯންހޯޕްކިންޒް ސެންޓަރއިން ތައްޔަރުކުރާ ސިއްޙީ ކަންކަމާ ބެހޭ މަޢްލޫމާތުގައި ބުނަނީ، ޑޮކްޓަރުންނެއްވެސް އަދ ނަރުހުންނެއްވެސް އިރާގްގައި ނެތް ކަމަށެވެ. ފަރުވާއަށް ހޭދަ ކުރާނެ ފައިސާ ޚަޒާނާގައިވެސް ނެތް ކަމަށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ބުނާ ގޮތުން އިރާގްގެ ކޮންމެ ދިހަ ހާސް މީހަކަށް އުޅެނީ 8.2 ޑަކްޓަރުންނެވެ.