ކޮވިޑް ތެރޭގައި އެތައް ވައްކަމެއް ކުރަމުންދާއިރު އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ ޑރ. ޖަމީލް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެތައް ވައްކަމެއްގެ ތުހުމަތު ކުރެވޭ ވަޒީރުންނއި މެމްބަރުން އެމްޑީޕީގައި އެބަތިބި ކަމަށެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ވިދާޅުވެފައިވެއެވެ.

"އެތައް ވައްކަމެއްގެ ތުހުމަތާއެކު ވަޒީރުންނާއި މެންބަރުން އެމްޑީޕީގައި އެތިބީ. މާސިންގާ ވައްކަން ކޮވިޑްގެ ތެރޭގައި ހިންގާއިރު އެއްވެސް ކަމެއް ނުކުރޭ،" އޭނާ ވިދާޅުވެފައިވެއެވެ.

އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އޭނާ ވަނީ އެމްޑީޕީގައި އެމްޑީޕީގައި ވަރަށް ބޮޑަށް ކޮރަޕްޝަން އޮތް ކަމަށް ވިދާޅުވެފައެވެ. "ތިޔަ ޕާޓީގައި ކޮރަޕްޝަންގެ ނަޖިސް ނޫން އެއްޗެއް ނެތް! ކަމިޝަންތައް ފުނިޖެހި، ހުއްޓިފައިއޮތީ ތިހިސާބުން. ހަމަލަދުވެސް ނުގަނޭތޯ؟،" އޭނާ ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލަކީ މިސަރުކާރަށް ވަރަށް ބޮޑަށް މިހާރު ފަޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެންނެވުމަށް ކުރެއްވި މަސައްކަތްތަކުގައި އޭނާ ވަނީ ފުރިހަމައަށް ބައިވެރިިވެ ވަޑައިގެންފައެވެ.