ލ. މާންދޫގައި މާންދޫގައި ފެތުރިފައިވާ ކޮވިޑު ކޭސްތަކުގެ އަދަދު 55 އަށް އަރައިފިއެވެ.

މި އަދަދު 55 އަށް އަރާފައިމިވަނީ ކުރީ ދުވަހާ އަޅާބަލާއިރު އިއްޔެ އިތުރު އެކަކު ޕޮޒިޓިވް ވުމުންނެވެ. އިއްޔެ ޕޮޒިޓިވް ވެފައިވަނީ ގަމު އަލަށް އާބާދުވި ސަރަހައްދަށް ނިސްބަތްވާ މީހެކެވެ.

މިއީ މި ކްލަސްޓާގެ ކޭހެއް އަލަށް އާބާދުވި ސަރަހައްދުން ފެނުނު ފުރަތަމަ ފަހަރެވެ. ކުރިން މި ކްލަސްޓާގެ ކޭސްތައް ހުރީ ލ. މާންދުއާއި ގަމުގެ މުކުރިމަގު އަވަށުގައެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ދަންވަރު ބުނެފައިވާގޮތުގައި މިހާތަނަށް 628 ސާމްޕަލެއް ވަނީ ނަގާފައެވެ. އޭގެ ތެރެއިން އަދި ނަތީޖާ ނުލިބި 471 ސާމްޕަލެއް ވާކަމަށް ބުނެފައިވެއެވެ.