ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފަށް މިއަދު ކުރިމަތިވެ ވަޑައިގަތް އެކްސިޑެންޓެއްގައި އަނިޔާވެ ވަޑައިގެންފިއެވެ. ތުހުމަތު ކުރެވޭ ގޮތުގައި މި ހާދިސާ މެދުވެރިވީ، ސައިކަލްގައި ވަޑައިގެންނެވި ޝަރީފްގެ ފަހަތްޕުޅުން އައިސް ޖެއްސި ޓެކްސީ ސައިކަލްގައި ލައިގަތުމާ ގުޅިގެންނެވެ.

އެމްޕީ ޝަރީފްއަކީ ސާދާ ކޮށް އުޅުއްވާ ބޭފުޅެކެވެ. އަދި އާންމުންގެ ތެރެއަށް ނިކުމެ ވަޑައިގެން، ސެކިއުރިޓީއާ ނުލައި މައްސުނިކޮށް އުޅުއްވާކަމަށް މަޝްހޫރު ސިޔާސީ ލީޑަރެކެވެ.

ޝަރީފަށް އެކި ވަރުގެ އަނިޔާތައް މިހާދިސާއާ ގުޅިގެން މެދުވެރިވި ކަމަށް ބެލެވެއެވެ.

އަޅުގަނޑުމެން އެދެނީ އެމްޕީ ޝަރީފަށް އަވަސް ޝިފާއަކަށެވެ.