އެމެރިކާގައި ކޮވިޑް19 ފެތުރި، ކޮންޓްރޯލުން ނެއްޓިގެން ދިޔަ އިރު އިންޑިއާއިން އެމެރިކާއަށް އެހީވެދިނެވެ. އިންޑިއާއިން އެހީއަށް ބޭނުންވި ހިނދު އެމެރިކާ ދިޔައީ ފަހަތު ފަޔަށް ބުރަވަމުންނެވެ.
އިންޑިއާއިން ގައުމުތަކަށް ވިއްކަން ވައުދުވި ވެކްސިން އުފެއްދުމަށް ހުރަސް އެޅުނީ އެމެރިކާއިން ރޯމެޓީރިއަލް ނުވިއްކުމުންނެވެ. އިންޑިއާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ނުލިބި ވެކްސިންގެ ތަދުމަޑުކަމެއް ދިމާވީ، އެމެރިކާއާ ހެދިއެވެ.
އިންޑިއާގައި ކޮވިޑް ކޮންޓްރޯލު ނުވެ، ހަސްފަތާލުތައް ފުރި، މަރުވާ މީހުން ތޮއްޖެހެމުން ދިޔައިރު އިންޑިއާއިން އެހީއަށް އެދުނެވެ.
ރޯމެޓީރިއަލް އެކްސްޕޯޓް ކުރުމުގެ ހުއްދައަކަށް އިންޑިއާއިން އެދުމުން އެމެރިކާއިން ބުނީ، "ފުރަތަމަ ވެކްސިން ދޭނީ އެމެރިކާ މީހުންނަށް" ކަމަށް ސީއެންއެންއިން ބުނެއެވެ. ފަހުން އެމެރިކާގެ ޚާރިޖީ ވަޒީރު އިންޑިއާއަށް އެމެރިކާ އެހީވާނެ ކަމަށް ބުނުމުން އިންޑިއާ މީހުން އޭނާގެ ވާހަކަ ސިފަކޮށްފައި ވަނީ މުނާފިގު ވާހަކައެއްގެ ގޮތުގައެވެ.
އިންޑިއާ މީހުންގެ ރުޅި އެމެރިކާއަށް އަމާޒު ވުމާއި، ބައިނަލްއަގްވާމީ ފާޑު ކިޔުންތައް އެމެރިކާއަށް އަމާޒުވުމުން އެމެރިކާއަށް މަޖުބޫރުވީ، އިންޑިއާއަށް އެހީވާށެވެ.
ސީއެންއެން އިން އެމެރިކާގެ މިއަމަލުތަކާ ބެހޭ ގޮތުން ހަދާފއިވާ ރިޕޯޓްގައި ބުނެފައި ވަނީ އެމެރިކާގެ މިސުލޫކަށް އެންމެ ބޮޑަށް ފާޑުކީ ގައުމަކީ ޗައިނާ ކަމަށެވެ. ޗައިނާގެ ނޫސްތަކުގައިި އެމެރިކާގެ އަމަލުތައް ކުށްވެރިކޮށް، އެމެރިކާ ރަނގަޅަށް ބެޒާރުކޮށްލާފައި ވެއެވެ.
ޗައިނާ އޮތީ އެމެރިކާއަށް ވުރެން ކުރިން އިންޑިއާއަށް އެހީވާން ތައްޔާރަށް ކަމަށް އިޢްލާން ކުރިއެވެ. އެކަމަކު، ކޮވިޑް19އާ އިންޑިއާއިން ހަނގުރާމަ ކުރަމުން ދިޔައިރު ޗައިނާއިން އިންޑިއާގެ ގެލްވާން ވާދީއަށް ވަދެ، ދިން ހަމަލަ އިންޑިއާއިން ހަނދާން ނައްތައެއް ނުލައެވެ.
އިންޑިއާގެ ވިޔަފާރިވެރިން ޗައިނާއިން ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާޏު ގަނެގެން ގެންނަނިކޮށް، ޗައިނާއިން އިން ވަނީ އިންޑިއާއާ ދެމެދު ވައިގެ ކާގޯ ދަތުރުތައްވެސް ހުއްޓާލާފައެވެ.
އިންޑިއާއިން މިދިޔަ އަހަރު އެޕްރީލް މަހު އެމެރިކާއަށް އެހީވެދިން އިރު އިންޑިއާއިން އޮތީ ކޮވިޑް19 އަށް ބޭނުންކުރާ ބޭސް އެކްސްޕޯޓް ކުރުން ހުއްޓާލާފައެވެ. ނަމަވެސް އެމެރިކާގެ ރައީސ ްޓްރަމްޕްގެ އެދިވަޑައިގަތުމަށް، އިންޑިއާއިން މި ބޭހުގެ 50 މިލިއަން ގުޅަ އިންޑިއާއިން އެކްސްޕޯޓް ކުރީކަމަށް ރޮއިޓަރޒް އިން ބުނެއެވެ. އެމެރިކާއިން މިކަން މަތިންވެސް ހަނދާނެއް ނެތެވެ.
އިންޑިއާ ބޮޑު ވަޒީރު މޮދީގެ ސިޔާސަތާ އެއްގޮތަށް އިންޑިއާއަށް އެންމެ ރަނގަޅު ވާނީ އަމިއްލަ ފުދުންތެރިކަން އިތުރު ކުރާށެވެ.