ޓްރީ ޓޮޕް ހޮސްޕިޓަލުން ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓުހެދޭ ޢަދަދު އިތުރުކޮށް އެޚިދުމަތުގެ އަގު ހެޔޮކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ރާއްޖޭގައި ގިނަ ޢަދަދަކަށް ޕީސީއާރު ޓެސްޓު ހެދުމަށް ބޭނުންޖެހިފައިވާ ވަގުތުގައި އައު ޕީސީއާރް މެޝިނެއްވެސް އެ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާކަމަށާ އަދި އެއާއެކު ޓެސްޓް ކުރެވޭ އަދަދުވެސް އިތުރުވެގެން ދާނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕިސީއާރް ޓެސްޓުގެ އަގުތައް:

ދިވެހި ރައްޔިތުންނަށް 1399ރުފިޔާއަށް

ވޯކް ޕަރމިޓް ބިދޭސީންނަށް 1399ރުފިޔާއަށް

ފަތުރުވެރިންނަށް 1499ރުފިޔާއަށް

މި ބަދަލާއެކު ސާމްޕަލް ނެގުމަށްފަހު ލަސްވެގެން 24 ގަޑިއިރުތެރޭ ނުވަތަ 48 ގަޑިއިރު ތެރޭ ނަތީޖާ ރިޕޯޓު ލިބޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އަދި ޕީ.ސީ.އާރު ނަތީޖާ އަވަސްކުރުމުގެ ޕްރީމިއަމް ހިދުމަތް ލިބޭނެކަމަށާ އެ ހޮސްޕިޓަލުން ޕީ.ސީ.އާރު ޓެސްޓު ހެއްދުމުގެ ޙިދުމަތް އައުޓް-ޕޭޝަންޓް (އޯ.ޕީ.ޑީ)، އިން-ޕޭޝަންޓް (އައި.ޕީ.ޑީ) އަދި ޓްރެވަލް ސެޓްފިކޭޝަން އަށް ހުޅުވާލާފައިވާކަމަށްވެސް ޓްރީ ޓޮޕުން ބުނެއެވެ.