ބިލްއާއި މެލިންޑާ ގޭޓްސްގެ ކައިވެނި ރޫޅާލަން ނިންމާފައިވާ ކަން ރިޕޯޓް ކޮށްފައި ވަނީ ފައިނޭންޝަލް ޓައިމްސްއިންނެވެ. އެ ނޫހުން ބުނިގޮތުގައި 27 އަހަރު ވެފައިވާ މި ކައިވެނި ރޫޅާލިއަސް، ހިލޭ ސާބަހަށް މަސައްކަތް ކުރާ ބިލް އެންޑް މިލިންޑާ ގޭޓްސް ފައުންޑޭޝަންގައި ދެ މީހުން އެއްވަރަކށް ހަރަކާތްތެރިވާނެއެވެ.

މި ކައިވެނި ރޫޅުމުން މައިކްރޯސޮފްޓަށް އަސަރެއް ނުކުރާނެއެވެ. ސާދާގަރު، ބިލް ގޭޓްސްގެ ހިއްސާއަކީ މައިކްރޯސޮފްޓްގައި މިހާރު އެކެއް އިންސައްތައެވެ.

ބިލް ގޭޓްސް، ވިޔަފާރިން ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާއަށް ނިކުތުމަށް ހިތްވަރު ދިނީ މިލިންޑާއެވެ.

ދެމީހުންގެ މުއްސަނދިކަމުގައި 127 ބިލިއަން ޑޮލަރު ހިމެނެއެވެ. ބިލްގޭޓްސްއަކީ ހަތަރުވަނައަށް މުއްސަނދި ދުނިޔޭގެ މަހާ ސާދާގަރެވެ.