ޗައިނާއިން އޮސްޓްރޭލިޔާގެ ބެކްޔާޑްގައި ނުފޫޒު ގަދަކުރަމުންދާތީ އޮސްޓްރޭލިއައިން ކަންބޮޑު ވެއްޖެއެވެ. އަންގާރަ ދުވަހު އޮސްޓްރޭލިއާއިން ވަނީ ޕެސިފިކްގެ ފްރެންޗް ޕްލިނީސިއާއާއި މަރޝަލް އައިލެންދްގައި އެމްބަސީއެއް ހުޅުވާފައެވެ. ފެސިފިކް ސަރަހައްދުގައި ޗައިނާއާއި ދެމެދު ހުޅަނުގުން ދަނީ ވާދަ ކުރަމުންނެވެ.
އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރީސް ޕެއިން ވިދާޅުވީ، ޕެސިފިކްގެ ބައިވެރިންނަކީ، ތިޔާގި ބައެއްކަމަށް ހެދުމަށް އޮސްޓްރޭލިއާއިން މަސައްކަތް ކުރާނެ ކަމަށެވެ.
ޕެސިފިކްގެ 19 ގައުމެއްގައި އޮސްޓްރޭލިއާއިން އެމްބަސީ ހުޅުވާފައި ވެއެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ޓވުވާލޫއާއި ކުކް އައިލެންޑާއި ޕަލާއު ގައި އެމްބަސީ ހުޅުވާފައި ވެއެވެ. ޕެސިފިކްގައި އެންމެ ބޮޑު ޑިޕްލޮމެޓިކް ހަރަކާތެއް ހިންގަނީ އޮސްޓްރޭލިއާއިންނެވެ.
އޮސްޓްރޭލިއާއާއި ޗައިނާގެ ދެމެދުގެ ވިޔަފާރި ދެބަސްވުން ވަނީ ހަތުރުވެރިކަމަކަށް ބަދަލުވެފައެވެ.
އޮސްޓްރޭލިއާގެ ބަނދަރުތަކާއި ކަރަންޓް އުފައްދާ ތަންތަން ޗައިނާއަށް ވިއްކާލެވިފައިވާތީ އެކަމާ މެދު އޮސްޓްރޭލިއާއިން ދަނީ ވިސްނަމުންނެވެ.