ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި، ބަރޝެލޯނާގެ މުސްލިމު އާބާދީއަށް ޖަމާއަތުގައި ރޯދަ ވިއްލުމުގެ ކަންކަން އިންތިޒާމު ކުރުމަށް ދަތިވުމުން ބަރޝަލޯނާގެ ކެތޮލިކް ފައްޅިން އެކަން އިންތިޒާމް ކޮށްދީފިއެވެ. މި ތާނގައި ރޯދަ ވިއްލުމާއި ނަމާދު ކުރުމުގެ އިންޒިތާމުވެސް ހަމަޖެހިފައި ވެއެވެ.
އެތައް ސައްތައެއްގެ ގަދީމީ ސެއިންޓް އެނާ ފައްޅިއަށް މަގުމަތި ވެފައިވާ ފަސްދޮޅަކަހަށް މުސްލިމުން އަންނަ ކަމަށްވެސް ވެއެވެ. މިތާގައި ވޮލަންޓިއަރުން އެމީހުންނަ ކައްކާފައިވާ ތާޒާ ކާނާ ކާން ދެއެވެ.
ކެޓަލާން އެސޯސިއޭޝަން އޮފް މޮރޮކަން ވިމެންގެ ފައުޒިއްޔާ ޝާތީ އަކީ ޖަމާއީ ރޯދަ ވީއްލުން އިންތިޒާމު ކުރެއްވި ފަރާތެވެ. މީހުން އެއްވާނެ ތަނެއް ނެތުމުން ފައްޅީގައި ރޯދަ ވީއްލުމާއި މަޣްރިބް ނަމާދު ކޮށްލުމަށް ހަމަޖައްސައިދޭން ފައްޅީގައި އެދިވަޑައިގަތީއެވެ.
ފައްޅީގެ އިސްފާދިރީ، ޕިއޯ ސަންޗޭޒް ވިދާޅުވާ ގޮތުން އެހެން ދީންތަކުގެ މީހުންނަށް އިޙުތިރާމް ކުރުމަކީ ތަހުޒީބީ ސިފައެކެވެ. އެހެންވެ، އޭނާ މުސްލިމުންނަށް އެފުރުސަތު ދެއްވީ ކަމަށެވެ.
މުސްލިމުން، ކެތޮލިކް ފައްޅިއެއްގައި ރޯދަ ވިއްލައި ހެދުމަށް ފުރުސަތު ލިބުމުން މީހުން އުފާފާޅު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ދީންތައް ވާން ޖެހޭނީ މީހުން އެއްބައި ވަންތަ ކުރާ ބައިބައި ނުކުރާ އެއްޗަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ފާދިރީ ސަންޗޭޒް ވިދާޅުވީ ދީނީ މީހުން، ސިޔާސީ މީހުންނަށް ވުރެން ޚުލްގް ހެޔޮވާނެ ކަމަށެވެ.