ޓުއިޓާއިން ކަންގަނާގެ ޓުއިޓާ އެކައުންޓް ސަސްޕެންޑް ކުރުމުން އެކްޓަރެސް ބުނެފައި ވަނީ މިއިން ސާބިތުކޮށްދެނީ އޭނާ ބުނާ، ދޮން މީހާ އެހެން ނަސްލުގެ މީހުން އަޅުދާސް ކުރާ ކަމުގެ ހެއްކެވެ. ކަންގަނާ އަކީ ހަރުކަށި ކަނާތު ފިޔައިގެ ވާހަކަތަކަށް ތާއީދުކުރާ ފަންނާނެކެވެ، އަދި އޭނާ އަކީ އަބަދުވެސް ބީޖޭޕީގެ މަގްބޫލުކަން ހޯދުމަށް އެ ޕާޓީގެ ސިޔާސަތަށް ތައީދު ކުރާ ފަންނާނެކެވެ.

ޓުއިޓާއިން އޭނާގެ އެކައުންޓް ސަސްޕެންޑް ކުރީ، ވެސްޓް ބެންގޯލްގައި ގަދައަށް ކެމްޕޭން ކުރުމަށްފަހު ބީޖޭޕީއަށް ލިބުނު ބޮޑު ނާކާމިޔާބީގައި އުފެދިފައިވާ ތަޅާފޮޅުންތަކުގައި އޭނާ ބީޖޭޕީއަށް ސަޕޯޓްކޮށް ހަމަނުޖހުން އުފެއްދުމަށް ގޮވާލުމުންނެވެ.

ޝިމްލާގެ އުފަން، ކަންގަނާ މިފަހުން މަޝްހޫރުވެފައި ވަނީ ކޮންމެވެސް ހަމަނުޖެހުމަކާ ލައިގެން ސަމާލުކަން ހޯދަން މަސައްކަތް ކުރާ ތަރިއެއްގެ ގޮތުގައެވެ. ބޮލީވުޑްގެ ތަރިން އޭނާ ދުރުކުރުމުން އޭނާ ވަނީ އަމިއްލަ ޕްރޮޑަކްޝަނެއް ފަށާފައެވެ.