އިންޑިއާއިން އަންނަ މީހުނަށް ސްރީލަންކާއަށް ނުފޭބޭނެކަމަށް ސްރީލަންކާގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު އަންގައިފިއެވެ. މިފިޔަވަޅު އަޅާފައި ވަނީ އިންޑިއާގައި ކޮރޯނާ ފެތުރެމުންދާތީ ކަމަށް ބުނެފައި ވެއެވެ. ލަންކާއިން ވަނީ މިދިޔަ ހަފްތާގައި އިންޑިއާއިން ފަތުރުވެރިން އައުން މަނާ ކޮށްފައެވެ.

ސްރީލަންކާގައި ކޮވިޑް ފެތުރެމުން ދިއުމާ އެކު އެގައުމުގެ އެއަރޕޯޓް ބަންދުކޮށް ދަތުރުތައް ހުއްޓާލާނީ، ސިއްޙަތާ ބެހޭ ފަރާތްތަކުން އެފަދަ ކަމަކަށް އެދި ހުށަހެޅުމުން ކަމަށް ސިވިލްއެވިއޭޝަނުން ބުނެއެވެ.