އިންޑިއާއާއި ޔޫރަޕްގެ ޖަމާއަތާ ދެމެދު ހުއްޓިފައިވާ މިނިވަން ވިޔަފާރީގެ މަޝްވަރާތައް އަލުން ފެށުމަށް ނިންމައިފިއެވެ. މި މަޝްވަރާތައް ހުއްޓިފައި ވަނީ 2013 އިން ފެށިގެންނެވެ.
ރޮއިޓަރޒް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދެ ފަރާތް ދެމެދު ސޮއިކުރުމަށް ހަމަޖައްސާފައިވާ އެއްބަސްވުމަކީ، ޗައިނާގެ ނުފޫޒު ކުޑަ ކުރުމަށް ސޮއިކުރުމަށް މަސައްކަތް ކުރާ އެއްބަސްވުމެކެވެ.
ގުޅުން ހުރި މައުޟޫއު:
ޗައިނާ ޔޫރަޕް ވިޔަފާރީގެ އެއްބަސްވުމަށް އީޔޫ ޕާލަމެންޓްގެ ނުރުހުން
މި އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އިންވެސްޓްމެންޓް ހިމާޔަތް ކުރުން ހިމެނެއެވެ. އަދި ޚާއްސަ ސަރަހައްދުތަކަށް ޚާއްސަވެފައިވާ އުފެއްދުންތައް ހިމާޔަތް ކުރުންވެސް ހިމެނެއެވެ. އެގޮތުން އިންޑިއާގެ ދަރްޖީލިންގ ގައި އުފައްދާ ސައިފަތާއި ފްރާންސްގެ ޝެމްޕެއިން ފަދަ ބާވަތްތައް ހިމާޔަތް ކުރުން ހިމެނެއެވެ.
2020ގައި ޔޫރަޕްގެ ޕާލަމެންޓުން ހަދާފައިވާ ދިރާސާއެއްގައި ވަނީ އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލާއިފިނަމަ، 10.2 ބިލިއަން ޑޮލަރުގެ ވިޔަފާރި ލިބޭނެ ކަމަށެވެ.
މީގެ އިތުރުން މުވާސަލާތާއި ދަތުރުފަތުރާއި އިންފްލާސްޓްރަކްޗަރއާއި ހަކަތަ އުފެއދުމުގެ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް އެއްބަސްވުން ހިމެނެއެވެ.
މިފަދަ އެއްބަސްވުމެއް ޔޫރަޕުން ވަނީ 2019ގައި ޖަޕާނާއެކުވެސް ސޮއިކޮށްފައެވެ.