އަންހެނުންނަށް ސަމާލުކަން ދެވޭ މި ދަނޑިވަޅުގައި އެމެރިކާ ސިފައިން ވަނީ އަންހެނުންގެ އަންހެން ވަންތަކަމަށް މިއަދު އިޢްތިރާފް ވެފައެވެ.
މީގެ ކުރިން އަންހެނުންނަށް އިސްތަށިގަނޑު ދިގުކޮށްގެން އުޅުމަކީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް މިއަދު އެމެރިކާ ސިފައިން އިޢްލާން ކޮށްފައި ވަނީ އިސްތަށިގަނޑު ދިގުކޮށްގެން ޕޯނީޓެއިލް ސްޓައިލްގައި އަންހެން ސިފައިންނަށް ވާޖިބު އަދާކުރުމަށް ހަރަކާތްތެރި ވުމަކީ ހުއްދަ ކަމެއް ކަމަށެވެ.