މަސްޖިދުއްނަބަވީ ގައި ދަރްސް ދެއްވި އަދި ގިނަ އަދަދެއްގެ ދިވެހިންގެ އުސްތާޒް ޕްރޮފެސަރ ޑރ. ޢަބްދުއްރަހްމާން އަލް ޢަޖަލާން މިއަދު އަވަހާރަ ވެއްޖެއެވެ. އެމަނިކުފާނުގެ ޖަނާޒާ އޮތީ ހުކުރު ނަމާދަށް ފަހު މަސްޖިދުއްނަބަވީގައެވެ.

ޑރ.ޢަބްދުއްރަޙްމާން ޢުޖުލާން ވަނީ 31 އަހަރަށް ވުރެން ގިނަ ދުވަސްވަންދެން މަސްޖިދުއް ނަބަވީގައި ދަރުސް ދެއްވާފައެވެ.

މާތްﷲ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި އާމީން