ޑިމޮކްރެސީތަކުގައި އިސްލާމޯފޯބިއާގެ އަމަލުތައް އިތުރު ވަމުން ދިއުމާ ގުޅިގެން އެކަމަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ މުސްލިމުން ޖޯ ބައިޑެންގެ ސަރުކާރުގައި އެދެފިއެވެ. ވޯޓްގެ ބޭނުމަށާއި ތާއިދު ހޯދުމަށް މުސްލިމުންނަށް ޕޯޑިއަމްތަކުގައި ފުރައްސާރަ ކުރުމަކީ ފްރާންސުން ފެށިގެން އެމެރިކާއިން ގޮސް އިންޑިއާއަށް ޑިމޮކްރެސީތަކުގައި އާންމު އާދައެކެވެ. ހުޅަނގުގެ ގައުމުތަކަށް އައު ދުޝްމަނެއްގެ ސިފައިންގައި ޗައިނާ ލިބިފައިވާ އިރު އަދުވެސް މުސްލިމުންނަށް ޕްރެޝަރ ކުޑަވެފައެއް ނުވެއެވެ. އެމެރިކާގެ މުސްލިމުންގެ 80 ޖަމާއަތެއް ބައިވެރިވާ ޔޫއެސް ކައުންސިލް އޮފް މުސްލިމު އޮގަނައިޒޭޝަން އިން ވަނީ އިސްލާމޯފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން މަންދޫބެއް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުވާފައެވެ.

އެމެރިކާއިން ވަނީ ޔަހޫދީންނާ ދެކޮޅަށް ހަސަދަ ބާލާ މީހުންގެ ކަންކަން ބެލުމަށް އެންޓިސެމެޓިޒަމް ކަންކަން ބަލާ އޮފީހެއް ހަދާފައެވެ.

މިފަދަ އިދާރާއެއް ގާއިމް ކުރުމުން އަދާވާތްތެރި އަމަލުތައް ޑޮކިއުމެންޓް ކޮށް އަހަރީ ރިޕޯޓް ތައްޔާރު ކުރާނެއެވެ. އަދި އެއާ ވިއްދައިގެން ދަތިކުރުމުގެ ފިޔަވަޅުވެސް އެޅޭނެއެވެ.

"އެމެރިކާއިން ފްރާންސުން ޗައިނާއިން މިޔަންމާރުން އިންޑިއާއަށް މުސްލިމުންނާ ދެކޮޅަށް ހަސަދަވެރި ރޭވުންތައް ރޭވެމުން ދިއުމަކީ ދުނިޔޭގެ އެންމެހައި މުސްލިމުންނަށް އޮތް ލާމެހިފައިވާ ނުރައްކަލެކެވެ." ސިޓީގައި ބުނެފައި ވެއެވެ.

ދީނީ މިނިވަންކަމާ ބެހޭ ގޮތުން އދން ކަނޑައަޅާފައިވާ ސްޕެޝަލް ރެޕަޓުއަރ ޑރ. އަހްމަދު ޝަހީދު މާރޗް މަހު އދއަށް ހުށަހެޅުއްވި ރިޕޯޓްގައި ވިދާޅުވެފައިވަނީ އިސްލާމޯފޯބިއާ ގައުމުތަކުގައި ބަވާއެއްގެ ގޮތުގައި އަށަގެންފައިވާ ކަމަށެވެ.

މިޑްލްސްއީސްޓް އައިއާ ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވެފައި ވަނީ، ބާރުގަދަ ވެރިންތަކެއް އުފެދި އެމީހުން މިކަން ފާޅލުގައި ކުރަމުންގެންދާ ކަމަށެވެ.

"... އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި ވެގެން މިއުޅޭ ކަމަކީ، ބާރުގަދަ ޑިމޮކްރެސީތަކުގައި ބާރުގަދަ ލީޑަރުންތަކެއް އައިސް، މުސްލިމުންނާ ދެކޮޅަށް އެމީހުން ފާޅުގައި އަދާވާތްތެރިވެފައިވާކަން" ޑރ. ޝަހީދު ވިދާޅުވިއެވެ.

އިންސާނީ ހައްގާއި ޑިމޮކްރެސީގެ އަސާސްތައް ނެގެހއެއްޓުމަކީ އެމެރިކާގެ ރައީސް ބައިޑެންގެ ވައުދެކެވެ. އޭނާ މިވާހަކަ ވިދާޅުވިއިރު އަމާޒަކަށް ވީ ޗައިނާއެވެ. ނަމަވެސް ގާތް ރައްޓެހި ގައުމުތަކުންވެސް މިކަންކަމަށް ރިއާޔަތް ނުކުރާނަމަ ފާޑުކިޔާކަށް އެމެރިކާ ޖެހިލުން ނުވާނެ ކަމުގައި ބައިޑެން ވިދާޅުވިއެވެ.

އިސްލާމޯފޯބިއާގެ ގިނަ ހާދިސާތައް ފެނިގެން ދަނީ އެމެރިކާގެ ރަހުމަތްތެރިންގެ ފުށުންނެނެވެ. އެމެރިކާގެ ހައްދުފަހަނަޅާފައިވާ ކާނާތުފިޔާގެ ހުދު މީހުންގެ މަތިވެރިކަމަށް ވަކާލާތު ކުރެއްވި ޓްރަމްޕް ރައީސް ވެރިކަމުން ވެއްޓުނުފަހުން އެމެރިކާ މުސްލިމުންނަށް ވަނީ ހަމަ ނޭވާއެއް ލެވިފައެވެ.