ޗައިނާއިން ޖައްވަށް ފޮނުވި ލޯންގްމާޗް ރޮކެޓުން ނެއްޓިގެން އުޅޭ ބައި ވެއްޓެނީ ރާއްޖެ ކައިރިއަށް ކަމަށް ރިޕޯޓް ކޮށްފިއެވެ. ޗައިނާގެ ޖައްވީ އިދާރާއިން މިކަން އިޢްލާން ކުރީ ވީޗެޓްގައެވެ. ލަފާ ކުރެވެނީ އ އަތޮޅާ ކައިރިއަށް ކަމަށެވެ. ނަމަވެސް މި ޚަބަރު ލިޔުނު ވަގުތުވެސް ވެއްޓުނު ކަމެއް ނުވަތަ ނުވަތަ ނުވެއްޓޭ ކަމެއް ޔަގީން ކޯށްދީފައެއް ނުވެއެވެ.
ޗައިނާގެ ސްޕޭސް ސްޓޭޝަންގެ ބައިތައް ހިފައިގެން ދިޔަ މި ރޮކެޓްގެ ބައި ކޮންޓްރޯލުން ނެއްޓުމުން ޖައްވީ ސްޓޭޝަންތަކުން ވަނީ އެ ރޮކެޓް މޮނީޓާ ކުރަން ފަށާފައެވެ.
ވެއްޓެމުންދާ ބާރު މިނުގެ ސަބަބުން ވެއްޓޭނެ ވަކި ޚާއްސަ ތަނެއް ކުރިން ލަފާ ކުރަން ދަތިވިއެވެ. އެއިރު ބަލާފައިވަނީ ބެއިޖިންގއާއި ނިއުޔޯކާއި ދޭތެރޭ ކޮންމެވެސް ތަނަކަށް ވެއްޓީދާނެ ކަމަށެވެ.
ޗައިނާގެ ޖައްވީ އިދާރާއިން ބުނެފައިވަނީ ދުނިޔޭގެ ފަށަލައަށް ވަންނައިރު ރޮކެޓް ގެ ބައިތައް އަނދައި ކުދިކުދި ވާނެ ކަމަށާއި އެއިން ގެއްލުން ކުޑަވާނެ ކަމަށެވެ.