ޗައިނާ ސަރުކާރަށް ފާޑުކިޔައި އުޅުނު ހައްޔަރުކޮށްފައިވާ މަހާސާދާގަރު، ސަން ޑާވޫއަށް 25 އަހަރުގެ ޖަލު ހުކުމެއް އަންނަން އުޅޭކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނފިއެވެ.

ރަށްފުށުގެ ތަރައްގީއަށް މަސައްކަތް ކޮށްގެން ބިލިއެނަރއަކަށް ވެފައިވާ ސަން އަކީ ދަނޑުވެރިކަމައި ފަތުރުވެރިކަމާއި ބިންވެރިކަމުގައި އިންވެސްޓް ކޮށްފައިވާ މީހެކެވެ.

އޭނާއާއެކު އޭނާގެ ދަރިފުޅާއި އޭނާގެ ކޮއްކޮއަށްވެސް 16 އަހަރާ 20 އަހަރާ ދމެދުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ގާނޫނީ ޓީމުން ވަނީ މި ޙުކުމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ކޮމިއުނިސްޓް ޕާޓީގެ އިސްފަރާތްތަކަށް ސިޓީ ފޮނުވާފައެވެ. އަދި މީޑިއާއަށް މަޢްލޫމާތު ދިނުން މަނާކޮށްފައި އޮތުމުން މިކަމުގެ ތަފްސީލެއް ހިއްސާ ނުކުރެވެއެވެ.

ޗައިނާގައި ޝީ ޖިންޕިންގ ގެ ސިޔާސަތުތަކާއި ކޮމިއުނިސްޓް ޕާޓީގެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ބަލައިގަންނަ ކަންކަމެއް ނޫނެވެ.

އޭނާއަށް ތުހުމަތު ކުރެވިފައި ވަނީ އާންމު މަސްލަހަތު ނަގާލަން މަސައްކަތް ކުރުމާއި ސަރުކާރު ބިންތަކަށް އަތްގަދަ ކުރުމާއި ގަވާއިދާ ޚިލާފަށް މައުދަން ނެގުމާއި ގަވާއިދާ ޚިލާފަށް ފައިސާ ހޯދުމާއި އާންމު ޚިދުމަތް ދިނުމަށް ހުރަސް އެޅުމުގެ ތުހުމަތުގައެވެ.

މިފަދަ ހާލަތްތަކުގައި މުއްސަނދިންގެ މިލްކިއްޔާތު ވެގެންދާނީ ކޮމިއުނިސްޓް ޕާޓީގެ ތަކެއްޗަށެވެ.