މާދަމާއަކީ މި ހިނގާ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ފިތުރު އީދު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް އިސްލާމިކް އެފެއާޒު މިނިސްޓްރީން ކަނޑައަޅުއްވައިފިއެވެ.

މިނިސްޓްރީން އެގޮތަށް ނިންމެވީ ރަމަޟާން މަހު 29 ވަނަދުވަހު އިރުއޮއްސުނުއިރު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށާއި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1442 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާތީ ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރަން ދިވެހިރާއްޖޭގައި އަމަލުކުރަން ޖެހިފައިވާ އުސޫލުގެ މަތީންނެވެ.

އެހެންކަމުން "މާދަމާ މީލާދީ ސަނަތުން 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި މިހިނގާ މެއި މަހުގެ 13 ވާ ބުރާސްފަތި ދުވަހަކީ 1442 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ،" ހަނދާބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވެއެވެ.