މިއަދު ހެނދުނު 6:45 އިން ފެށިގެން 10:00 އާ ހަމައަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅާއި ތ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅު ތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މުސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފައިވަނީ އެވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 28 މޭލާއި 35 މެލޭ ދެމެދު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. 50 މޭލަށް ވައިގަދަވާނީ ވިލާގަނޑުގައި ކަމަށް އެތަނުން ބުނެފައިވެއެވެ. އެ ވަގުތުގައި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބުނެފައިވެއެވެ.

މެޓު އޮފީހުން ބުނެފައިވަނީ މިއަދު ހަވީރު 6:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އެހެން ކަމުން އެންމެން ވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފައެވެ.