ރ.އަލިފުށި ސްކޫލް މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމަން ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

‏މި މަސައްކަތް ހަވާލުކޮށްފައިވަނީ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމުމަށް އެކުންފުނިން ވަނީ އެއް ބަސްވެފައެވެ. އެ މަސައްކަތުގެ އަގަކީ ހަމިލިއަން ހަސަތޭކަ ހަތްދިހަ އެއްހާސް އަށާވީސް ރުފިޔާ ތިރީސް އަށްލާރި އެވެ.

މި މަސައްކަތް 2022 ވަނަ އަހަރު އޭޕްރީލް މަހުގައި ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަޙުމަދު ރިޔާޒެވެ. ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ އަބްދުއް ރަޙްމާނެވެ.