ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ގެންދިޔަކަމަށް އެއްބަސްވާ ދިޔާއެއްޗެހީގެ ތަފްސީލް ލިބެން ޖެހޭކަމަށް ކުރީގެ ނައިބުރައީސް ޑރ،މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެެއެވެ.
އޮންލައިން ނޫސް "އަދަދު" އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ އަބްދުﷲ ޖަލީލު (ކޭން ސޭޓު) ކައިރިއަށް ވަޒީރަކަށް ހުރިއިރު އަދީބު ވަޑައިގަންނަވާ ކަމަށާއި އެގޮތުން ކޭން ސޭޓުގެ އޮފީހުގައި ފައިސާގެ މުއާމަލާތްތަކާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވޭ ކަމަށެވެ.
އެގޮތުން އެއް ދުވަހެއްގައި އަދީބު ކައިރިއަށް ގޮސް ދިނުމަށް ކޭން ސޭޓު އެދުނު ކަމަށާއި އެއާއެކު އަދީބަށް ފޯނުން ގުޅުމުން ފަހުން މެސެޖަކުން ދަބަހެއް ހިފައިގެން އައުމަށް އަދީބު އެދުނު ކަމަށް އާޒިމް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްްޖޭގެ ގާނޫނުހަދާ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އާޒިމް ފާޅުކުރެއްވި ވާހަކަ ފުލުހުން ވަގުތުން ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އެ ވިދާޅުވާ ދިޔާއެއްޗިހީގެ ތަފްސީލް ލިބެެން ޖެހޭޭ ކަމަށާއި، ބޮޑެތި ކުއްތަކުގެ ވާހަކަ ސަމާސަޔަކަށް ހެދިގެެން ނުވާނެ ކަމަށް ޖަމީލްްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
އާޒިމްގެ ވާހަކަތަކަށް ބަލާއިރު ބެލެވެނީ އަދީބު އަތުން އާޒިމް ގެންދެވީ ބަނގުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.