މާލެސިޓީ ކައުންސިލަށް އަލަން އިންތިހާބުވި މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ކައުންސިލަރުންނާއި މޭޔަރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މާލެސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ހުވާ ކުރައްވާފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. މިއީ ޕީޕީއެމްގެ މޭޔަރު މާލޭސިޓީގެ މޭޔަރުކަން ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރެވެ.

ޕީޕީއެމުން މާލެސިޓީ ކައުންސިލްގެ 11 ގޮނޑިއެއް ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ ފަސް ގޮނޑިއެވެ. އަދި ޖުމްހުރީ ޕާޓީން ގޮނޑިއެއް ކާމިޔާބު ކޮށްފައިވެއެވެ.

މާލޭގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބުވެޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރާ ވާދަކޮށް، ބޮޑު ތަފާތަކުންނެވެ. އޭނާއަށް 12470 މީހުން ވޯޓުލި އިރު އަނަސްއަށް ވޯޓުލީ 7436 މީހުންނެވެ.