އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ބައެއް ދިވެހީންނަށް އެގައުމުގައި ހުންނަ ދިވެހި އެމްބަސީގެ އެހީތެރި ކަމެއް އެކަށީގެންވާ ގޮތަށް ނުލިބޭ ކަމަށް އެގައުމުގައި ދިރިއުޅޭ ބައެއް ދިވެހީން ބުނެފިއެވެ.
ލަންކާގައި ދިރިއުޅޭ ފެމިލީއަކުން ވާހަކަ ދެއްކި މީހަކު ބުނީ މިހާރު އެންމެ ބޮޑު މައްސަލައެއް ކަމަށްވެފައިވަނީ ކޮވިޑް ވެކްސިން ޖެހުމެވެ. ތަފާތު އެތައް މައްސަލަތަކާ ހެދި އެތައް ދިވެހީންނަށް ފުރަތަމަ ޑޯޒް ވެސް ނުޖެހޭ ކަމަށް އޭނާ ބުންޏެވެ. "ވާގޮތަކީ ވެކްސިން ޖަހާތަނަކާއި ޖަހާ ދުވަހެއް އެއްގޮތަކަށް ވެސް ނޭނގެނީ. ފުރަތަމަ ޑޯޒް ޖަހަން ދީފައި އޮތް މުއްދަތުގައި ނުޖެހިފައި ތިބި ދިވެހީންނަށް ދެން ވެކްސިން ޖެހެނީ ފައިސާ ދައްކައިގެން. އެގޮތް ވެސް އެންމެ ރަނގަޅު. އެކަމަކު ޖަހަން ދާންވީ ތަނެއް އެނގިގެންތާ ވާނީ،" އެނާ ބުންޏެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިފަދަ ކަންކަމަށް އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ. "އަޅުގަނޑުމެން މިޖެހޭނީ ޑޮކްޓަރަކަށް ނުވަތަ ރައްޓެއްސަކަށް ނޫނީ އެހެން ތަންތަނަށް ގުޅައިގެން އެމީހުން ބުނާތަނަކަށް ވެކްސިން ޖަހަން ދާން. ދިޔައިމާ ބުނަނީ ތިޔަ ތަނަކުން ނޫނޭ ޖަހަނީ މިވެނިތަނަކުންނޭ. އެތަނަކަށް ދިޔައިމާ ވެސް އެވަރުވަނީ. މިއިން ތަނެއްގެ ކިއުގައި އެތައް އިރެކޮށްފައި ވެކްސިން ނުޖެހިގެން އެންމެ ފަހުން ގެއަށްދާން ޖެހެނީ،" އޭނާ ބުންޏެވެ.
މިކަން ކަމާބެހޭ ގޮތުން އެމްބަސީއަށް ގުޅުމުން އެއިން އެއްވެސް ކަމެއް އެނގޭ ކަމަށް އެތަނުން ނުހަދާ ކަމަށް ވެސް އެ އާއިލާއިން ބުންޏެވެ. މީގެ މަހެއްހާ ދުވަސް ކުރިން ރާއްޖެއިން ވެކްސިން ގެނެސްގެން މިލިޓަރީ ކޭމްޕެއްގައި އެމްބަސީ މީހުންގެ ގަޔަށް ވެކްސިން ޖެހި ވާހަކަ އެމްބަސީ މީހަކު ގުޅާފައި ބުނި ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ ވެސް މައްސަލައެއް ނޫންކަމަށާއި މައްސަލައަކީ އެމްބަސީގެ ފަރާތުން އެހީތެރިކަން ނުލިބުން ކަމަށް ބުންޏެވެ. "ގުޅާއިރަށް ބުނާނެ އެނގިފައި ނެތޭ ވެކްސިން ޖަހާކަމެއް" އޭނާ ބުންޏެވެ.
ލަންކާއި ދިރިއުޅޭ ދިވެހިން ގެންދަނީ މިފަދަ އެތައް ދަތި ކަމެއް ތަހައްމަލް ކުރަމުން ކަމަށް އޭނާ ބުންޏެވެ. އެއްބަސީއެއް ހުޅުވާފައި ބެހެއްޓުމުގެ އެއްވެސް ބޭނުންމެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
މިކަމާބެހޭ ގޮތުން ދިވެހި ޚާރިޖިއްޔާއިން ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހީން ކޮވިޑް ވެކްސިން ޖެހުމުގައި ލަންކާގެ ކަމާބެހޭ ފަރާތްތަކުންދެމުން ގެންދާ އިރުޝާދު ތަކާ އެއްގޮތަށް ޢަމަލު ކުރުމުން ރަނގަޅުވާނެ ކަމަށެވެ. އިތުރު ދަތިކަމެއް ކުރިމަތިވާ ކަމަށްވާނަމަ އެމްބަސީއަށް ގުޅުމުން އެކަމެއް ކުރަންވީ ގޮތުގެ އިރުޝާދު ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްނުދީ އެމްބަސީގެ މުވައްޒަފުން ނުތިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ވެކްސިން ޖަހަނީ ހައިރިސްކް އޭރިޔާ ތަކުން އެކަންޏެއް ނޫން. މާބޮޑަށް ވާންޗޯ ނުވެބަލަ. މުސާރަ ދީފަ ބަހައްޓާފަ އެތިބީ ކަމެއްވެގެން ދޯ. ރައްޔިތުންގެ ލާރި ދިރުވަމުން ރައްޔިތުންގެ. ވޯޓު ދުވަސްކޮޅު ފަހަތުން ދުވާނެ. ވޯޓް ނިމުނީމަ އުޅޭ ހާލުވެސް ބަލާ ނުލެވެ. ކޮބައިތޯ އެމްބެސީގެ ޒިންމާ؟ ސިޓީ ޖަހައިދޭން ތިބި ބައެއްތަ؟
އިންޖެކްޝަން ޖަހަނީ ލަންކާ ސަރުކާރުން. އެއީ ޑަބްލިއު އެޗް އޯ އިން އަންގައިގެން. ދިވެހި އެންބަސީ އިން މިކަމުގަ ކުރެވޭނެ ކަމެއް ނޯންނާނެ. ލަންކާގަ އުޅޭ ދިވެހިން ނަށް ވެކްސިން ޖަހައިދޭ ކަމައްޓަކަިއި ޝުކުރު ވެރި ވާން ޖެހޭ. އަޅުގަނގު ވެސް އުޅެނީ ލަންކާ ގަ، އަދި ވެކްސިން ނުޖަހަން. އެ އީ މިހާރު ޖަަހަމުން ޖެންދަނީ ހައި ރިސްކް ސަރަހައްދު ތަކުގާ ކަމުގައި ލަންކާ ގެ ނަޫސް ތަކުން ބުނާތީ. ކެތްތެރި ކަމޤ އެކު މަޑު ކޮއްލައިން މި ހުރީ މި ސަރަހައްދައް އަންނަން ދެން. މި ކަމުގަ އެމްބަސީ ކުރާނެ ކަމެއް ނޯންނާނެ. ލަންކާ ސަރުކާރުން ބުނާ ގޮތަކަށް އަމަލު ކުރަން ޖެހޭނީ މިތާ އުޅޭކަމުގަ ވަންޏާ. ގޭގަ ތިއްބާ ޖަހައިދޭކައް އެއްވެސް ތާކުން ނާންނާނެ. އަދި ލަންކާ ސަރުކާރުން ބުނީއެއްވެސް މަޖްބޫރީ އެއް ނޯންނާނެ ކަމުގައި.
މީހަމަ ސީދާ ތެދު
އެމްބަސީގެ ބަހެއްނުހޯދާ މިފަދަ ވާހަކައެއް ޖެހުމުންއެގެނީ ނޫސްވެރިކަމަށް ކުފޫހަމަވާބައެއްނޫންކަން.
އެއީ ވަރަށްބޮޑު ތެދެއް، ލަންކާގައި ދިރިއުޅޭ އާއިލާތަކަށް އަތުންލަވާ ކާންނުދޭކަން، ދެން މަހުކުލި ދައްކާނުދޭކަން، ބޯހަލާކު
އުދުހޭ އަށާއި ޖުހާއަށް މާބޮޑަށް އެނގިފަތިބިކަން ފާހަގަކޮށްލެވޭ