ޓައިވާނަށް ސަޕޯޓް ކޮށް ޗައިނާގައި ހުންނަ ނިއުދިއްލީ އެމްބަސީއާ ކައިރީގައި ހަރުކުރި ޕޯސްޓަރުތައް ދިއްލީ މުނިސޕލްޓީން ނަގައިފިއެވެ.
މި ޕޯސްޓަރުތައް ރޭގަނޑުގެ ވަގުތެއްގައި ހަރުކޮށްފައި ވަނީ ނިއުދިއްލީގެ ބީޖޭޕީގެ އޮފީހުގެ ރައީސެވެ.
ޓައިވާނުން ފާހަގަ ކުރާ ގައުމީ ދުވަހާ ދިމާކޮށް ތަހުނިޔާ ނުކިޔުމަށާއި އެއް ޗައިނާ ސިޔާސަތަށް އިންޑިއާ ނޫސްވެރިން އިހުތިރާމު ކުރުމަށް އިރުޝާދު ދީ ޗައިނާ އެމްބަސީން އެތައް ސަތޭކަ ނޫސްވެރިންނަށް މެއިލް ފޮނުވިއެވެ.
މިއަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ރައްދު ދިނެވެ.