ކޮވިޑްގެ ކަންކަމުގައި ރައްޔިތުންގެ އިތުބާރެއް ސަރުކާރަކަށް މިހާރު ނެތް ކަމަށް ކުރީގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ މައުމޫން ވިދާޅު ވެއްޖެއެވެ. ދުންޔާ މިހެން ވިދާޅުވީ އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ.

އެކަމަނާ މިހެން ވިދާޅުވީ ކޮވިޑްގެ ކަންކަމުގައި ސަރުކާރުގެ އެންމެއިސް ލީޑަރުން ރައްޔިތުންނަށް ނުފެންނާތީއާ ވެސް އެކީގައިކަމަށް އެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ. "ކޮވިޑްގެ ކޭސްތަކުގައި ސަރުކާރާއި ރައްޔިތުންނާއި ދެމެދު އޮންނަ އިތުބާރު އެންމެ ބިނާކުރުރުވަނިވި ގޮތަކަށްނޫން މިވަގުތު މިއޮތީކީ. މިހާރުމިވަނީ ކޮވިޑްގެ ކަންތަކުގައި ސަރުކާރަށްއޮތް އިތުބާރު ގެއްލިފައި. އަޅުގަނޑަށް ހީވަނީ ސަރުކާރުގެ އެންމެ އިސް ލީޑަރުން ރައްޔިތުންނާ މުޢާމަލާތް ނުކުރެއްވުން އެއީ އެއް ސަބަބުހެން. މީގެއިތުރުން ނޫސްކޮންފަރެންސްތަކުން ހެލްތު މިނިސްޓަރ ނުފެނުންއެއީ ވެސް ވަރަށް ބޮޑަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދިޔަ އެއްކަމެއް" ދުންޔާ ވިދާޅުވެެފައިވެއެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާވެސް ކޮވިޑާ ގުޅޭގޮތުން ރައްޔިތުނާ މުޚާތަބު ކުރައްވަން ޖެހޭނެ ކަމަށާއި އެކަން ނުކުރައްވާތީ ހައިރާންވާ ކަމަށްވެސް ވިދާޅުވެފައެވެ. ބައެއް ޤައުމުތަކަށް ބަލާއިރު ނިއުޒިލޭންގެ ޕްރައިމް މިނިސްޓަރ ކޮންމެ ދުވަހަކު ޤައުމާ މުޚާތަބު ކުރެއްވިކަމަށާއި ކޮވިޑް ކޮންޓްރޯލު ކުރުމުށް އެ ޤައުމުން ވަގުތު ފާއިތުނުވަނީސް ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވި ކަމަށެވެ.

ދުންޔާ ވިދާލުވީ ކޮވިޑް19ގައި އެކިކަހަލަ ފިޔަވަޅުތައް އެޅިއްޖެކަމަށާއި، މުޅި ރާއްޖެ ލޮކްޑައުން ކުރުމުގެ ތަޖުރިބާވެސް ރާއްޖެ ދެކެފައިވާކަމަށެވެ. ދުންޔާ ވިދާޅުވީ ކުރިއަށް މިއޮތީ ދަތި ދުވަސްތަކެއް ކަމަށާއި، އެކީގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރުމަށްޓަކައި ރައްޔިތުންނާ މުޚާތަބު ކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރުހޯދާ ގުޅުން ބަދަހި ކުރުމަށްޓަކާ ކުރެވެންހުރި ކަންކަން ކުރަންޖެހޭކަން އަންގައިދިނުންވެސް އެއީ ވަރަށް މުހިއްމު ކަމެއްކަމަށް އެކަމާވިދާޅުވެފައި ވެއެވެ. "މިހާރު ހުރިހާ ރައްޔިތުން އެތިބީ ހަދާނެގޮތެއްނޭނގި މާޔޫސްވެފަ. އެހެންކަމާއެކީ ރައްޔިތުންނަށް ރަނގަޅު ހިސާބަކަށް ދެވޭނެ ކަމުގެ އުއްމީދު ސަރުކާރުން އެ ރައްޔިތުންނަށް ދޭން އެބަޖެހޭ. " ފްލެޗަރ ސްކޫލް އޮފް ލޯރ އެންޑް ޑިޕްލޮމެސީން ދެވަނަ މާސްޓަރސްފުރިހަމަ ކުރައްވާފައިވާ ދުންޔާ މައުމޫން ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ދެ ހަފްތާއަށް ނަމަވެސް ފުލް ލޮކްޑައުންއަކަށް ދިއުން މިވަގުތު ވަރަށް މުހިންމު ކަމަށެވެ. ފުލްލޮކަޑައުން އެއް ކުރުމުން ކޮވިޑްގެ ކޭސްތައް ވަރަށް މަދުކުރެވިދާނެކަމަށާއި އަދަދު މަދުވުމުން އަލުން ހުޅުވާލެވިދާނެ ކަމަށެވެ. އަދި އެގޮތަށް ހުޅުވާއިރު ބައިބަޔަށް ހުޅުވުން އެއީ ވަރަށް މުހިންމު ކަމެއްކަމަށްވެސް އެކަމަނާވިދާޅުވިއެވެ. "މިސާލަކަށް އިނގިރޭސި ވިލާތް ކޮވިޑްގެ ކޭސްތަކުގައި މެނޭޖު ކުރިލެއް ވަރަށް ކާމިޔާބު. އެ ޤައުމުގައި އެލާޓްލެވެލް އެކި ބައިބަޔަށް ބަހާފަހުރީ. މިހާރު އެމީހުން އެތިބީ ވަރަށް ރަނގަޅަށް ކޮވިޑްގެ ކޭސްތަށް ދައްކުރެވިފައި." ދުންޔާ އިތުރަށް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަތުނުޖެހޭ ހިސާބަށް މިވަނީ ގޮސްފައެވެ. މި ބައްޔަށް ފައްސިވާ މީހުންގެ ޢަދަދު މިދަނީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުތަނުން އިތުރުވަމުންނެވެ. އަދި މި ބަލީގައި މަރުވާމީހުންގެ ޢަދަދުވެސް ބިރުގަންނަވަރަށް މިދަނީ އިތުރުވަމުންނެވެ. އައިސީޔޫގެ އެނދުތައްފުރި ރައްޔިތުންމިވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ބައެއް ރަށްރަށުގައި ސާމްޕަލް ނެގި ކަމުގައިވިއަސް ޓެސްޓް ކުރެވޭކަށްނެތެވެ.

ދުންޔާ ވިދާޅުވީ މިހާބޮޑަށް ކޮވިޑް19 ފެތުރުނުނީ ސަރުކާރުގެ އިހުމާލުންކަމަށެވެ. އެހެންކަމުން ރާއްޖެ މިހާރު މިއޮތީ ހާލުގަ ޖެހިފައޭވެސް ދެންނެވިދާނެ ކަމަށެވެ. ވުމާއެކު ރައްޔިތުނަށްބޭނުންވާ ކަންކަން ކޮށްދީ އޮކްސިޖަނާއި ބޭސްފަދަތަކެތި ހުސްނުވެ ލިބެން ހުންނަގޮތް ހެދުން އެއީ ސަރުކާރުގެ ޒިންމާއެއްކަމަށްވެސް އެކަމަނާވިދާޅުވިއެވެ.

"ރާއްޖެއިން ބޭރުގެ އެހީތެރިކަމެއް ހޯދަން ބަލާއިރު އިންޑިއާ މިހާރު އޮތް ޙާލަތުން މާބޮޑު އެހީތެރިކަމެއް ފޯރުކޮށް ނުދެވިދާނެ. އެހެންނަމަވެސް ޗައިނާއާއި، އދ. އަދި ވޯލްޑް ބޭންކުފަދަ ހުރިހާ ދިމާލަކުންވެސް ރާއްޖެއަށް ލިބެން އޮތް އެހީތެރިކަމެއް ހޯދަން ޖެހޭ. " ދުންޔާ އިތުރަށް ވިދާޅުވިއެވެ.

މުޅި އިޤްތިޞާދު ގިނަ ދުވަހަށް ހަލާކުވެގެން ދިއުން މިއީ ވަރަށް ކަންބޮޑުވާންޖެހޭކަމެކެވެ. ޚާއްޞަ ފިޔަވަޅުނާޅާ ދިގުދެންމުމަށްވުރެ އަވަސް ހައްލެއް ހޯދުން ވަރަށް މުހިންމެވެ. މަސައްކަތް ކުރެވޭނީ ފުރިހަމަ ޞިއްޙަތެއް ލިބިގެނެވެ.