ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާގައި ދިވެހިރާއްޖެއިން ބައިވެރިކުރުމުގެ މަސައްކަތް، އިރުމަތީ އޭޝިއާގެ ސަރަހައްދީ ޖަމްއިއްޔާ އާސިއާންގެ ރިޔާސަތު ބަލަހައްޓާ ބްރޫނާއީ އިން ފަށައިފިއެވެ.

އާސިއާން ސަރަހައްދުގެ ގައުމުތަކާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިކުރުމާމެދު އާސިއާންގެ ގައުމުތަކުން ދެން އެންމެ އަވަހަށް އޮންނަ ސަރަހައްދީ ބައްދަލުވުމުގައި ގޮތެއް ނިންމާނެއެވެ. އެމިޓީ ޓްރީޓީއަކީ އާސިއާންގެ މެމްބަރު ޤައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރެވުނު މުޢާހަދާއެކެވެ. މިމުޢާހަދާ އެކުލަވާލާފައިވަނީ އާސިއާން ޤައުމުތަކުގެ މެދުގައި ޤާއިމްކުރެވިފައިވާ ގުޅުން ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ ބޭނުމުގައެވެ.

އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިވުމަށް ފެނޭތޯ ބެލުމަށް މިދިޔަ މާޗް މަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ، 28 އެޕްރީލްގައި އޮތް މަޖިލީހުގައި ޖަލްސާގައި ނިންމައި، އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.

މިނިސްޓަރ ޝާހިދު ނިއުޔޯކްގައި ހުންނެވީ ސަރުކާރުގެ ރަސްމީ މަސައްކަތެއްގައި. ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރައްވާ. ކޮވިޑް-19ގެ މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުން ހޯދަން ޖެހޭ އެހީތައް ހޯއްދެވުމާއި، ޚާރިޖިއްޔާ ހިންގެވުމުގެ މަސައްކަތް މިނިސްޓަރ ޝާހިދު ގެންދަވަނީ ކުރައްވަމުންނެވެ.