މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނަށް ހުށަހެޅުނު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 38 އަހަރުގެ މީހެއްކަމަށެވެ.

އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ ހޮނިހިރު ދުވަހު އެވެ. އެމައްސަލައިގައި މީހަކު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގަ އުމުރުން 38 އަހަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އެވެ. އެއީ ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ސަރަހައްދެވެ.