ދީނީކަންކަމަށް ރައްޔިތުންގެ މަޖިލީހުން ބާރު ފޯރުވާން ފެށުމުން ވާނެގޮތް މިހާރު ރާއްޖެއިން މިދަނީ ފެންނަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއްކޮޅުން އަޑު އިވެނީ މިސްކިތްތައް ތަޅުލައި ފެންކަނޑާލި ވާހަކަ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ކޮވިޑްގެ ނުރައްކާ ބޮޑުވެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމަވާފައި ވަނިކޮށްނެވެ.

އޭނާގެ ޓުވީޓުގައި ވިދާޅުވެފައިވަނީ "ތިމާ މިއީ މުސްލިމެކޭ ކިޔާފައި ދީނާ ދެކޮޅަށް ކޮންމެ އެއްޗެކޭ ކިޔަސް އެމީހާއާ ދިމާއަށް ލާދީނީއޭ ގޮވައިފިނަމަ މިވަނީ ގާނޫނީ ކުށަކަށް،" ކަމަށެވެ.

މުސްލިމަކާ ދިމާއަށް ކާފަރެކޭ ނުވަތަ ލާދީނީއޭ ބުނުމަކީ ގާނޫނީ ކުށަކަށް ހެދުމަށް އެމްޑީޕީން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިކަމާ ވަރަށްގިނަ މީހުންގެ ފާޑުކިޔުން ވެސް ދަނީ އަމާޒުވަމުންނެވެ.