ހައިޕާލޫޕްއަކީ، އިންތިހާއަށް ބާރަށް ބިންމަތީގެ ދަތުރުތަކަށް ތައްޔާރުކޮށްފައިވާ ހޮޅިއެއްގެ ތެރޭގައި، މަތިންދާބޯޓެއް ދަތުރު ކުރާފަދަ ބާރުމިނުގައި، އިންސާނުން ކެޕްސޫލެއްގެ ތެރޭގައި ތިބެގެން ދަތުރު ކުރުމަށް އުފައްދާ ނިޒާމަކަށް ކިޔާ ނަމެކެވެ.

ހައިޕާލޫޕް އާންމު ބަހުރުވައިގެ ތެރެއަށް ވަދެގެން ގޮސްފައި ވަނީ، ޓެސްލާ ކުންފުނި އަދި ޖައްވަށް ދަތުރުތައް ބާއްވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ، ސްޕޭސް އެކްސްގެ ވެރިޔާ، އިލޮން މަސްކް. މީގެ ފަސް އަހަރު ކުރިން 60 ސަފްހާގެ ލިޔުމެއްގައި މިވާހަކަ މީހުންގެ ސަމާލުކަމަށް ގެނައުމާ ގުޅިގެންނެވެ.

މީގައި ވަނީ މީހުންނާއި ބަރު ނޫން މުދާ ދަގަތްފާނުގެ ބާރުގައި ދަތުރުކުރާ ކެޕްސޫލެއްގައި، ޕްރެޝަރ ކުޑަ ހޮޅިއެއްގެ ތެރޭގައި ގަޑިއަކު އެއްހާސް ކިލޯމީޓަރުގެ ބާރު މިނުގައި ފޮނުވާލެވިދާނެ ގޮތުގެ ޚިޔާލެކެވެ.

އެއަށްފަހު އެންމެ ފުރަތަމަ ކުންފުންޏަކަށް މިކަން ޓެސްޓް ކުރީ 2016 ވަނަ އަހަރު، އިނގިރޭސި އިންވެސްޓަރު ރިޗަރޑް ބްރޮންސަން އެވެ.

ހައިޕާލޫޕްގެ ޕްރޮޖެކްޓްތައް ބިނާ ކުރުމަށް އެމެރިކާ، އިންޑިއާ، ޗައިނާ، ޑުބާއީ އަދި ޔޫރަޕްގައި މަސައްކަތް ކުރެވެމުން ދެއެވެ.

ހައިޕާލޫޕް ހޮޅީގައި މީހުންނާއި މުދާ އުފުލުމުގެ މަސައްކަތް ހަމަޖެހުމުން ދަތުރުފަތުރަށް ހޭދަކުރާ ވަގުތު ކުޑަ ވެގެން ދާނެއެވެ. އަދި ކަރަންޓް ބޭނުންކުރާ ނިސްބަތްވެސް ކުޑަވާނެއެވެ.

ކަރަންޓާއި ތެޔޮ ބޭނުން ކުރާ ނިސްބަތް، ވައިގެ ދަތުރާ އަޅާ ކިޔާލާއިރު ގާތް ގަނޑަކަށް ހަ ގުނައަށް ކަރަންޓްގެ ޚަރަދު ކުދަވެގެން ދާނެއެވެ. އަދި ދަތުރަށް ނަގާ ވަގުތަށް ބަލައިފިނަމަ، ދުނިޔޭގެ އެންމެ ބާރަށް ދުއްވާ ރޭލަށް ވުރެން ތިން ގުނަ ބާރަށް ހައިޕާލޫޕް ދަތުރު ކުރާނެއެވެ. ހަމައެފަދައިން ދުއްވާ އެއްޗެތިން ގޮވާ އަޑުވެސް ކެނޑިގެންދާނެއެވެ. މަގުމަތީގެ ހާދިސާތައް މަދުވެގެން ދާނެއެވެ. ތިމާވެށި ކިލަނބުވާ މިންވަރުވެސް މަދުވެގެން ދާނެއެވެ.

ހައިޕާލޫޕް ވެގެން ދާނީ ވަޒީފާތައް އުފައްދާ އިންޖީނެއްގެ ގޮތުގައެވެ.