އެމެރިކާއިން ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ހަދިޔާކުރާ ގައުމުތަކުގެ ތެރޭ ރާއްޖެ ހިމެނުމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާގެ ގްލޯބަލް ކޮވިޑް ވެކްސިން ޝެއަރިން ޕްރޮގްރާމުގައި ރާއްޖެ ހިމެނީތީ ރައީސް ބައިޑަން އަށާއި އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. ރާއްޖޭގެ އިތުރުން އޭޝިއާ ސަރަހައްދަށް ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އެމެރިކާ އިން ވަނީ ހާމަކޮށްފަ އެވެ.

އެމެރިކާ ސަރުކާރުން ބުނެފައިވަނީ ހަދިޔާ ކުރާ ވެކްސިންގެ 75 ޕަސެންޓް ވެކްސިންް ގައުމުތަކަށް ފޯރުކޮށްދޭނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ކަމަށެވެ. އެމެރިކާ ސަރުކާރުން ބުނީ ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ކުރާ މަސައްކަތަށް އެހީތެރިވުމަށް 80 މިލިއަން ޑޯޒްގެ ވެކްސިން އެކިގައުމުތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމެރިކާ އިން ހަދިޔާކުރާ ވެކްސިންގެ ސަބަބުން ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތާ ދެކޮޅަށް މުހިއްމު ދައުރެއް އަދާކުރާނެއެވެ.

ކޮވިޑް-19 ގެ ހާލަތުގައި އެމެރިކާ އިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ބޭނުންވާ މެޑިކަލް ސާމާނާއި ޕީޕީއީ ހަދިޔާކޮށްފަ އެވެ.