ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އދގެ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބްވެ ވަޑައިގެންފިއެވެ. ޢަބްދުﷲ ޝާހިދު 76 ވަނަ އާންމު މަޖިލީހުގެ ރިއާސަތަށް އިންތިޚާބްވެ ވަޑައިގަތީ 143 ވޯޓުންނެވެ.
ޝާހިދު އިންތިޚާބްވެ ވަޑައިގެންދެއްވި ތަޤްރީރުގެ ފުރަތަމަ ބައި ފުރިހަމަ ކުރެއްވީ ބިސްމި ވިދާޅުވުމަށްފަހު، ދިވެހި ބަހުންނެވެ. އޭނާއާ ވާދަ ކުރެއްވި އަނެއް ކެންޑިޑޭޓަކީ އަފްޣާނިސްތާންގެ ކުރީގެ ފޮރިން މިނިސްޓަރ ޒަލްމާއޭ ރަސޫލް އެވެ.
މިނިސްޓަރ ޝާހިދު ގެ ތަގްރީރުގައި ވިދާޅުވީ، މިއަދު އޭނާގެ ހަނދުމަފުޅަށް އަންނަނީ އދގައި ޒުވާން ޚާރިޖީ އޮފިސަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި ދުވަސްތައް މަތިންނެވެ.
ޝާހިދުގެ ކެމްޕޭންގައި އޭނާ ވިދާޅުވެފައިވާ ވާހަކަތަކަށް ދުނިޔޭގެ ގިނަ ގައުމުތަކުން ތާއީދުކޮށްފައި ވެއެވެ. ބައެއް ގައުމުތަކުން ބުނިގޮތުގައި އދގެ ރިއާސަތުގައި އެގައުމުތަކުން ދެކެން ބޭނުންވާ ބަދަލުތައް ޝާހިދުގެ މެނިފެސްޓޯއިން ފެންނާން ހުރި ކަމަށެވެ.
ޝާހިދު ވަނީ އޭނާގެ ރިއާސަތުގައި އދގެ މަހްފިލްތަކުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އޭނާ ވިދާޅުވިގޮތުގައި މިއަދު އޭނާއަށް ލިބިވަޑައިގަތް ކާމިޔާބީއަކީ، ދުނިޔެއިން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސިޔާސަތަށް ތާއީދުކުރާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ޢަބްދުﷲ ޝާހިދުގެ އާއިލާއަކީ ރާއްޖޭގައި ޚާރިޖީ ދާއިރާގައި މަސައްކަތް ކުރުމުގެ ޝަރަފް ލިބިފައިވާ ޢާއިލާއެވެ. އޭނާގެ މައިފުށުގެ މުނިކާފަ، ވެލާނާ މަނިކުފާނަކީ، މީގެ ދުއިސައްތަ އަހަރު ކުރިން ރާއްޖޭގެ ޚާރިޖީ ދާއިރާ ރަސްމީކޮށް ފެށުނު އިރު ޚާރިޖީ ވަޒިރުކަން ކުރެއްވި ފުރަތަމަ ޚާރިޖީ ވަޒީރުއެވެ. އެހެންވެ، ވެލާނާ މަނިކުފާނެވެ.
ޢަބްދުﷲ ޝާހިދުއަކީ، ވެލާނާ މަނިކުފާނުގެ ވެލާނާގޭ މުޙައްމަދު ދީދީގެ، އައިމިނާދީގެ މައިމޫނާގެ ޢަބްދުﷲ ދީދީއެވެ.
ރާއްޖޭގެ ތާރީޚްގައި އެންމެ ދިގު މުއްދަތަކަށް ޚާރިޖީ ވަޒީރުކަން ކުރެއްވި އަލްއުސްތާޛް ފަތުޙުﷲ ޖަމީލަކީ ޢަބްދުﷲ ޝާހިދުގެ ދެބޭންގެ ދެދަރި ބޭފުޅެކެވެ.
ޢަބްދުﷲ ޝާހިދުގެ މިކާމިޔާބީއަށް ހަލި ނިއުސްގެ ފަރާތުން ހޫނު ތަހުނިޔާއެއް ދަންނަވަމެވެ.