ސްރީލަންކާގެ ތާރީޚްގައި ދިމާވި އެންމެ ބޮޑު ކަނޑުގެ ތިމާވެށި ތަޣައްޔަރުވުމުގެ ހާސިދާގައި އިންޑިއާގެ ކޯސްޓްގާޑުން ފޯރުވައި ދިން އެހީތެރިކަމަށް ސްރީލަންކާގެ ކަނޑުގެ ސިފައިން މިއަދު ޝުކުރު އަދާކޮށްފިއެވެ.

އިންޑިއާގެ ކޯސްޓްގާޑް އުޅަނދުތައް ސްރީލަންކާގައި އެމްވީ އެކްސްޕްރެސް ޕާރލް ގެ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ 25ން ފެށިގެންނެވެ.

ސްރީލަންކާގެ މީރުބަހުރު، ނިޝާންތާ އުލުގަތުނޭ ވިދާޅުވިގޮތުގައި އިންޑިއާގެ ކޯސްޓްގާޑްގެ ޑޯނިއާ މަތިންދާ ބޯޓްތަކުންވެސް މި އޮޕަރޭޝަންގައި ބުރަކޮށް ބައިވެރިވި ކަމަށެވެ. އޭނާ ވަނީ ކަނޑުގެ ތިމާވެށި ހިމާޔަތް ކުރުމަށް މި އުޅަނދުތަކުން ކޮށްފައިވާ މަސައްކަތަށް ޝުކުރުއަދާ ކުރައްވާފައެވެ.

ސެޕްޓެމްބަރު 2020ގައި ސްރީލަންކާގެ އައްސޭރިފަށުގައި ބޯޓެއްގައި އަލިފާން ރޯވުމުންވެސް އިންޑިއާ ކޯސްޓްގާޑުން ހަރަކާތްތެރި ވެފައި ވެއެވެ.