ވެކްސިން ޖަހައިގެން ދަތުރުކުރާ މީހުންނަށް ތައްޔާރުކޮށްފައިވާ ޑިޖިޓަލް ވެކްސިން ފާހުގެ އަޖުމަ ބެލުމުގެ މަރުހަލާ ނިމުމަށްފަހު ހަފްތާއެއް ދެހަފްތާއެއްގެ ތެރޭގައި ބޭނުން ކުރުމަށް ދޫކޮށްލެވޭނެ ކަމަށް އިއާޓާ އިން ބުނެއެވެ.
އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ބުނިގޮތުގައި 60 ހާސް މީހުން ބޭނުން ކޮށްގެން މި އެޕް ދަނީ ޓެސްޓް ކުރެވެމުންނެވެ.
މިއާއެކު ވެކްސިން ޖަހާފައިވާ މީހުންގެ މައްލޫމާތާއި ޕީސީއާރް ޓެސްޓްގެ މަޢްލޫމާތު މަރުކަޒީ ނިޒާމެއްގެ ތެރޭން މީހާ ގައުމަކަށް ފޯރާއިރު އެގައުމެއްގެ އިމިގްރޭޝަނާއި ބަނދަރުމަތީ ސިއްޙަތު ބަލަހައްޓާ އިދާރާއަށް ކަށަވަރު ކަމާއެކު ލިބިގެންދާނެއެވެ.
ގައުމުތަކުން އަމިއްލައަށް ވެކްސިން ޕާސްޕޯޓެއް އެކުލަވާ ލުމަށް މަސައްކަތް ކުރަމުންވެސް އެބަދެއެވެ. ވިލާތު އިއްތިހާދުން ވަނީ އެބައި މީހުންގެ އަމިއްލަ ނިޒާމެއްވެސް އެތެރޭގެ ދަތުރުފަތުރަށް ހަދައި އާންމު ކޮށްފައެވެ.