ޗައިނާއަށް ބޭނުންވި ހުރިހައި ޓެކްނޮލޮޖީއެއް ފޯރުވައި ދިނުމަށް ފަހު މިހާރު އެމެރިކާއިން ޗައިނާ ކޮންޓްރޯލުން ނައްޓާފައިވާ ކަމަށް ޝަކުވާ ކުރަން ފަށައިފިއެވެ. މިދިޔަ ތާނގައި އެމެރިކާއިން ޗައިނާއާ ގުޅުން ބަދަހިކޮށްފައި ވަނީ އެމެރިކާއަށް ލިބެމުން ދިޔަ އިގްތިސާދީ ފައިދާތަކާ ހެއްޖެވެ. މިހާރު އެމެރިކާއަށް ވުރެން ޗައިނާ ކުރިއަރައިގެން ދިއުމުން އެމެރިކާއަށް އެކަން ބަލެއް ނުގަނެވެއެވެ.
އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް މާރކް މިލީ، ބުރާސްފަތިދުވަހު ސެނެޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޗައިނާއިން އަސްކަރީ ކުޅަދާނަ ކަން އިތުރު ކުރަމުން ދަނީ އެއްވަރެއްގައި އޮވެގެން ހީވެސް ނުކުރެވޭހައި ބާރަށެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ޗައިނާއާ ކުރިމަތި ލުމަށް އެމެރިކާގެ ޓެކްނޮލޮޖީގެ ކުޅަދާނަކަން އިތުރު ކުރަން ޖެހޭނެކަމަށެވެ.
އެމެރިކާއިން ޗައިނާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނަމުންދާތާ ލައްކަ ދުވަސް ވެއްޖެއެވެ. ނަމަވެސް އެމެރިކާއަށްވުރެން އަބަދުވެސް ޗައިނާ އުޅެނީ މިހާރަކަށް އައިސް ކުރީގައެވެ.