ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ވޮލެންޓިއަރ އެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްއީއޯސީގެ ވޮލެންޓިއަރ އަކަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ހެލްތު މިނިސްޓްރީގެ އިސް ވެރިއެކެވެ.
މި މައްސަލަ އެ މިނިސްޓްރީން ވެސް ބަލަމުން އަންނައިރު، ތަހުގީގު ނިމުމުން ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.