ޗައިނާއިން ޓައިވާން ބިރު ގެންވުމަށް މަސައްކަތް ފަށައިފިއެވެ. ޓައިވާނާ ދެކޮޅަށް ޗައިނާއިން ޕްރޮޕެގެންޑާ އިތުރު ކޮށްފައި ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާގައި ޓައިވާން ބައިވެރިކުރުމަށް ގައުމުތަކާ މަޝްވަރާ ކުރުމަށް މަސައްކަތް ފަށާނެ ކަމަށް ޖަޕާން ޕާލަމެންޓުން ނިންމި ފަހުންނެވެ.

ޓައިވާންގެ ޚާރިޖީ ވަޒީރު ޖޯސެފް ވޫ ވިދާޅުވާ ގޮތުގައި ޗައިނާއިން ދަނީ ޓައިވާން ހިފުމަށް ރާވަމުންނެވެ.

ޗައިނާގެ މީސްމީޑިއާ ވެއިބޯގައި ޗައިނާގެ ސިފައިންގެ ފަރާތުން ޕޯސްޓަރުތަކާއި ވީޑިއޯތައް އާންމު ކުރަމުން ބުނެފައި ވަނީ ތިން ވަނަ ބޮޑު ހަނގުރާމައަށް ތައްޔާރު ވާންވީ ކަމަށެވެ. ޝެންޑޯންގ ޕްރޮވިންސްގައި ތބޭ ޗައިނާ ސިފައިންގެ 80 ވަނަ ފައުޖުން އާންމުކޮށްފައިވާ ވީޑިއޯ ތަކުގައި ސިފައިން ބުނެފައި ވަނީ މިތިބީ ގައުމަށްޓަކައި މަރުދޭން ތައްޔާރަށެވެ. އަދި މި ވީޑިއޯތަކުގައި ބުނެފައި ވަނީ ޓައިވާން ހިފާނެ ކަމަށެވެ.

މި ދިޔަ ބުދަ ދުވަހު ވެއިބޯއަށް ލާފައިވާ ވީޑިއޯތަކަކީ ޗައިނާގެ ސިފައިން ޕްރޮޕެގެންޑާ ކުރުމަށް އާންމު ކުރާ ވައްތަރުގެ ވީޑިއޯތަކާ ޚިލާފަށް ހަރުކަށި ވީޑއޯ ތަކެކެވެ.

ދެކުނު ޗައިނާ ކަނޑާއި އިރުމަތީ ޗައިނާ ކަނޑުގައިވެސް ޗައިނާއިން ދަނީ އަސްކަރީ ހަރަކާތްތައް އިތުރުކުރަމުންނެވެ. އަދި ޗައިނާ ފިޔަވައި އެއްވެސް ގައުމަކަށް މި ސަރަހައްދުގެ ތަނަކަށް ދައުވާ ނުކުރެވޭ ގޮތަށް އެކި ދުވަސްމަތިން އެކި ހިސާބުތަކުގައި ޗައިނާ އިން ދަނީ ހަރަކާތްތެރި ވަމުންނެވެ.