ޗައިނާގެ ދެކުނުގެ ގޮންޖޯ ސަރަހައްދުގައި ކޮވިޑް19 ފެތުރެމުން ދިއުމާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ދެކުނު ޗައިނާ ބަނދަރު ތޮއްޖެހިއްޖެއެވެ. ހިސާބުގަނޑަށް މުދާ ބާލަން ބޯޓްތައް ބަނދަރާ ކައިރިކުރުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި މުދާ ބަރުކުރުންވެސް ވަނީ ހުއްޓުވާފައެވެ.
ގުއާންޑޯންގ ޕްރޮވިންސްގައި ކޮވިޑް19ގެ 150 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. މި ކޭސްތައް ފެނިފައިވާ ހިސާބުތައް ބަންދުކޮށް އެހިސާބުތަކަށް ދަތުރުފަތުރު ކުރުން ވަނީ ހުއްޓާލާފައެވެ.
ގުއާންޑޯންގ ގެ ޔާންޓިން ކޮންޓެއިނާ ޓާމިނަލް އިން ބުނިގޮތުގައި މުޅި ޓާމިނަލްގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ދަށް ކޮށްފައެވެ.
ކޮންޓެއިނަރ ގެ ބުކިންގ ބަލަހައްޓާ ކުންފުނި މާރެސްކް އިންވެސް ބުނެފައި ވަނީ ކޮންޓެއިނާ މުދާ ލިބުން 16 ދުވަހަށް ލަސްވެގެންދާނެ ކަމަށް ދުނިޔެއިން އަންދާސާ ކުރަން ޖެހޭނެ ކަމަށެވެ.
ޗައިނާއިން ޔޫރަޕަށް ދާ 40 ފޫޓް ކޮންޓެއިނާއެއްގެ އަގުވެސް ވަނީ 30 އިންސައްތައަށް ބޮޑުވެގެން ގޮސްފައެވެ.