ވަރލްޑް އިކޮނޮމިކް ފޯރަމްއާއި އިންޑިއާގެ ސިއްޙަތާ ބެހޭ އިދާރާތައް ގުޅިގެން ޓެލަންގާނާ ސްޓޭޓުން ވަނީ ވައިގެ ތެރޭން ކޮވިޑް ފަރުވާއަށް ބޭނުންވާ ބޭސް ފޯރުވައިދިނުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިޚިދުމަތް އަދި ފަށާފައި ވަނީ އަޖުމަ ބެލުމުގެ ގޮތުންނެވެ.
ދުނިޔޭގެ އެހެންތަންތާގައިވެސް ސިއްޙީ ދާއިރާގައި ދުރު ތަންތަނަށް ޚިދުމަތް ދިނުމަށް ޑްރޯން ބޭނުން ކުރެއެވެ. އެތަންތާގައި ޚިދުމަތް ދެނީ ލޮލުކޮޅަށް ފެންނަ ހިސާބުގައި ހުންނަ ތަންތަނަށެވެ. ޓެލެންގާނާގައި ޚިދުމަތް ދެނީ ލޮލުކޮޅަށް ފެންނާން ނުހުންނަ ވަރަށް ދުރުގައި ހުންނަ ރަށް ފުށުގެ ހިސާބުތަކަށެވެ.
މި ޑްރޯންތަކުގައި ވެކްސިންއާއި ބޭސް ފޯރުވައި ދެވޭނެއެވެ. ޑްރޯން މެދުވެރިކޮށް ވެކްސިން ފޯރިވައިދޭއިރު ވެކްސިން ބަހައްޓަން ޖެހޭ ފިނިމިނުގައި ވެކްސިން ބެހެއްޓުމާއި އަދި އެކަމާ ގުޅޭ ހަރަކާތްތަކުގެ ލޮގް ބަރާބަރަށް ބެލެހެއްޓުން ހިމެނެއެވެ.
އިންޑިއާގައި މި ޚިދުމަތް ފަށަނީ، އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާއިން މިސަރަހައްދުގައި ޑްރޯން ދުއްވުމަށް ހުއްދަ ދިނުމުންނެވެ.
ޑްރޯން ބޭނުން ކޮށްގެން ބޭސްފޮނުވާނީ ހަފްތާއަކު ހަ ދުވަސް މަތިން ކޮންމެ ދުވާލަކު ހަތަރު ދަތުރު ބާއްވައިގެންނެވެ.