ޖީ7ގެ ގައުމުތަކުން ނެރެފައިވާ ހުޅުވިފައިވާ މުޖުތަމައަކަށް ބާރުއަޅާ ބަޔާނުގައި އިންޑިއާއިން ސޮއިކޮށްފިއެވެ. އިންޑިއާއާއި އެކު މި ސަމިޓްގައި ބައިވެރިވި އެހެން ގައުމުތަކުން ޖީ7ގެ މެންބަރުންނާއި ސއެކު ސޮއިކުރި އެއްބަސްވުމަކީ، އޮންލައިންކޮށާއި އޮފް ލައިންކޮށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބާރުއަޅާ ޑިމިކްރެސީގެ ހަމަތައް ނަގަހައްޓާ މިނިވަންކަމާއެކު ބިރަކާއި ނުލައި މީހުންނަށް ދިރިއުޅެވެން ޖެހޭނެ ކަމަށް މިގައުމުތަކުން އެއްބަސްވާ ބަޔާނެކެވެ. އަދި ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް އިންޓަރނެޓް ބަންދުކޮށް ހެދުމަކީ މިނިވަންކަމާއި ޑިމޮކްރެސީއާ ޚިލާފް އަމަލެއްކަމަށްވެސް އެއްބަސްވެފައި ވެއެވެ.

އޮޕަން ސޮސައިޓީ ސްޓޭޓްމެންޓްގެ ނަމުގައި ފާސްކުރި މި ބަޔާން ނެރެފައި ވަނީ ހުޅުވާލެވިފައިވާ އިގްތިސާދާއި މުޖުތަމައުގެ ނަމުގައި ބޭއްވި ސެޝަން ނިންމުމުގެ ތެރޭގައެވެ. މި ސެޝަންގެ ރިއާސަތު ޙަވާލުކޮށްފައި އޮތީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީއާ އެވެ.

ހުޅުވިފައިވާ މުޖުތަމައަކަށް ބާރުއަޅާ ބަޔާން ނިންމާލަމުން ބުނެފައި ވަނީ މިފަދައިންނެވެ.

"އަހުރެމެން މިތިބީ ހަތަރު އަނގޮޅިއެއްގައެވެ. މިނިވަންކަމާއި ޑިމޮކްރެސީއަށް ނުރައްކާ ކުރެވި، އިތުރުވަމުންދާ ޚުދުމުޚުތާރު ގޮތްތަކާ ކުރިމަތިލާން ޖެހިފައެވެ. އިންތިޚާބަށް ނުފޫޒު ފޯރުވުމާއި، ކޮރަޕްޝަނާއި، އިގްތިސާދީ ގޮތުން ވާވައްދާލުމާއި، މަޢްލޫމާތުގެ ނާޖާއިޒު ފައިދާ ނެގުމާއި، އޮޅުވާލުމަށް މަޢްލޫމާތު ފެތުރުމާއި، މަޢްލޫމާތުގެ ރަސްމަގުގައި ގެއްލުންތައް ދީ، ހަމަލަތައް ދިނުމާއި، ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް އިންޓަރނެޓް ބަންދުކުރުމާއި އިންސާނީ ހައްގަށް އަރައިގަތުމާއި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ގޮސްފައިވާ ހަރުކަށިކަމާ ވަނީ ކުރިމަތިލާން ވަނީ ޖެހިފައެވެ."