އެމެރިކާގައި ހިންގާ ޕާކިސްތާން ޗެރިޓީތަކަކުން އިންޑިއާއަށް ކޮވިޑްގެ ހާލަތުގައި އެހީވުމުގެ ނަމުގައި ޗަންދާ ނެގުމަށްފަހު އެފައިސާ ނާޖާއިޒު ގޮތަކަށް ހޭދަ ކޮށްފައިވާ ކަމަށް މީޑއާއިން ރިޕޯޓް ކޮށްފިއެވެ. އައިބީ ޓައިމްސްއިން ބުނިގޮތުގައި މި މަސައްކަތް ފެށިފައިވަނީ އިންޑިއާގެ 1.3 ބިލިއަން މީހުންގެ ކޮވިޑް19ގެ ހާލަތާ ކުރިމަތި ލުމަށް މެއި26 ގައި އެމެރިކާގެ ރައީސް ގޮވައިލެއްވުމާ ގުޅިގެންނެވެ.

މިމަޢްލޫމާތު މީޑިއާއަށް ހާމަކޮށްފައިވަނީ ޑިސްއިންފޯ ލެބުން ތައްޔާރު ކުރި ރިޕޯޓަކަށް ފަހުއެވެ. ޑިސްއިންފޯ ލެބުން ބުނިގޮތުގައި އެމެރިކާގެ އިލިނޯއިގައި ހިންގާ އިސްލާމިކް މެޑިކަލް އެސޯސިއޭޝަން އޮފް ނޯރތު އެމެރިކާ (އިމާނާ) އިން ވަނީ އިންޑިއާއަށް އެހީ ވުމުގެ ނަމުގައި ގިނައަދަދަކަށް ފައިސާ ހޯދާފައެވެ.

އިމާނާއިން ކެމްޕޭން ކުރުމުން ގާތްގަނޑަކަށް 21.5 މިލިއަން އެމެރިކާ ޑޮލަރު އިންޑިއާއަށް އެހީވުމަށް ޗަންދާގެ ގޮތުގައި ލިބުނު ކަމަށް ބެލެވެއެވެ.

އިމާނާއިންވެސް މީސްމީޑިއާގައި ބޭނުންކޮށްފައި ވަނީ އެއިރު އެންމެ ބާރަށް ހިނގަމުން ދިޔަ ހެލްޕް އިންޑިއާ ބްރީތް ހޭޝްޓެގްއެވެ.

ޑިސްއިންފޯ ލެބުން ބުނާ ގޮތުގައި މި މައްސަލަ ބޭޒާރުވީ މި ޖަމާއަތުގެ އިސްވެރިއާ އިންޑިއާއަށް ފޮނުވި އެހީގެ ސާމާނާ ބެހޭ ގޮތުން ތަފްސީލުކޮށްދިނުމުންނެވެ. އަދި އިމާނާއިން ފޮނުވިކަމަށް ބުނާ އެއްވެސް އެއްޗެއް އިންޑިއާއަށް ލިބިފައި ނުވާކަމަށް އިންޑިއާއިން ބުނެއެވެ.

މިހާރު އިމާނާއިން ބުނެފައި ވަނީ ފަލަސްތީނަށް އެހީވުމަށް ޗަންދާ ހޯދަމުންދާ ކަމަށެވެ. އަދި 12 ހާސް މީހުންގެ ކާނާ ފޯރުވައިދީފައިވާނެ ކަމަށާއި 2 މިލިއަން ޑޮލަރުގެ ބޭސްފަރުވާގެ ސާމާނު ފަލަސްތީނަށް ފޮނުވާފައިވާ ކަމަށެވެ.

އިމާނާކެއަރ 2020ގެ ނަމުގައި އެ ޖަމުއިއްޔާއިން ޝާއިއުކޮށްފައިވާ ރިޕޯޓް ބުނާ ގޮތުން އަލްމުސާފާ ވެލްފެއަރ ޓްރަސްޓްގެ ނަމުގައި އޮޕަރޭޓް ކުރާ ޖަމާއަތަކުން އިމާނާގެ އެހީ ޕާކިސްތާނަށް ފޯރިވައި ދެއެވެ.