އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު، އެފްރިކާއަށް ކުރެއްވި ދަތުރުފުޅުގައި ސަޕްލައި ޗެއިން ލާމަރުކަޒީ ކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ކެންޔާގައި ވާހަކަ ދައްކަވައިފިއެވެ. ނެއިރޯބީގައި މަހާތުމާ ގާނދީ ލައިބްރަރީ މަރާމާތަށް ފަހު އަލުން އިފްތިތާޙު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި އޭނާގެ މައިގަނޑު މައުޟޫއަކީ ސަޕްލައި ޗެއިން ލާމަރުކަޒީ ކުރުމުގެ ވާހަކައެވެ.

ކޮވިޑްގެ ވަބާއިންވެސް އެނގިގެން ދިޔައީ ރޯ މާއްދާތައް ނަގައި އުފައްދައި ސަޕްލައި ކުރުމުގައި ދުނިޔޭގެ ސަޕްލައި ޗެއިން ލާމަރުކަޒީ ނުވެ ވަކި އެއް ފަރާތަކަށް ބުރަވާނަމަ، އެންމެންނަށް އޭގެ ނޭދެވޭ އަސަރުތައް ފޯރާ ކަމަށެވެ. އޭނާ ވިދާޅުވީ އިންޑިއާއާއި އެފްރިކާ ގުޅިގެން ދުނިޔޭގެ ނިޒާމު ލާމަރުކަޒީ ކުރުމަކީ މުހިންމު ކަމެކެވެ.

ދުނިޔެއަކީ އެއްބަޔަކު އަނެއް ބަޔަކަށް ގުޅިލާމެހިފައިވާ ތަނެއް ކަމަށް ވިދާޅުވަމުން އޭނާ އިޝާރާތް ކުރެއްވީ މައުދަންތަކާއި މައުދަންތައް ތަހުލީލުކޮށް އުފެއްދުން މަދު ވަކި ބަޔެއްގެ އަތްމަތީގައި ޖަމާވެފައިވާ އިރު އެންމެނަށް މިއިން ފައިދާ ނުލިބޭ ކަމަށެވެ.

ކޮވިޑްގެ ވަބާގައި ބޭސްފަރުވާގެ ސާމާނުތައް ލިބުމުގައި ދަތިތަކެއް ހުރިކަމާއި ކޮމްޕިއުޓަރ ޗިޕްތައް ލިބުމުގައިވެސް ދަތިތަކެއް ހުރިކަން ފާހަގަ ކުރައްވަމުން އެސް ޖަޔަޝަންކަރު ވިދާޅުވީ މިކަންކަމުން އަރައި ގަނެވޭނީ ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކުން އެއްބަޔަކު އަނެއް ބަޔަކަށް ފަންނީ ރޮނގުން ގުޅުން ބަދަހި ކޮށްގެންނެވެ.

އޭނާ ވިދާޅުވީ އިންޑިއާއާއި ރަޙުމަތްތެރި ގައުމުތަކުން ގުޅުން ބަދަލު ކުރުމުން ނަތީޖާ ނިކަން ރަނގަޅު ކަމަށެވެ.