100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ. ދަރަވަންދޫ އަށް ތައާރަފް ކޮށްފިއެވެ.

އެހެންކަމުން މިހާރު ދަރަވަންދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

"ދަރިވަރުންގެ ކިޔެވުން، ސިއްހީ ޚިދުމަތްތައް އަދި އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ޑިޖިޓަލް ޚިދުމަތްތަކުގެ ގޮތުގައި ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައި، ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށާއި ލިބިގަންނަ ފަރާތްތަކަށްވެސް ފެންވަރު ރަނގަޅު ހައި-ސްޕީޑްގެ އިންޓަނެޓް ވަރަށް މުހިންމު. އެހެންކަމުން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބެވި ބޭފުޅުންނަށާއި ވިޔަފާރިވެރިންވެސް އިންޓަނެޓް އަދި ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އާ އުސްމިންތަކަށް ގެންގޮސްދިނުމަށް" އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނަ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދާނެ ކަމަށާ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައިވާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް، ކުރިޔަށްވުރެ 5ގުނަ ހަލުވި ސްޕީޑާއި އެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކުރިޔަށްވުރެ ހަލުވިކޮށް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.. މިގޮތުން ދަރަވަންދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކުރެއްވުމަށް ވެސް އުރީދޫ އިން އިރުޝާދު ދެއެވެ.

އެހެންކަމުން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބެވި ބޭފުޅުންނަށާއި ވިޔަފާރިވެރިންވެސް އިންޓަނެޓް އަދި ޑިޖިޓަލް ޒަރިއްޔާ މެދުވެރިކޮށް އާ އުސްމިންތަކަށް ގެންގޮސްދިނުމަށް ކަމަށް އުރީދޫން ބުނެއެވެ.

މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް، ކުރިޔަށްވުރެ ފަސް ގުނަ ހަލުވި ސްޕީޑާއި އެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކުރިޔަށްވުރެ ހަލުވިކޮށް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.