ލޯންޗުތަކެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ މެރީ ބްރައުން ކުރިމަތީ ފަޅުގައި އޮތް ތިން ލޯންޗެއްގައި ކަމަށެވެ. އެގޮތުން އެ ލޯންޗުތަކުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާ ވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވާއިރު، ލޯންޗުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ހެނދުނު 6:13 ހާއިރު އެވެ.